މިދިޔަ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވި މަހްލޫފް އެމްޑީޕީން ވަކިވީ މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައެވެ. އެއަށް ފަހު ރޭ އޭނާ ވަނީ ވެރިކަން ކުރާ ޕީއެންސީއާ ގުޅިފައެވެ.
މީ މަހްލޫފް ސޮއިކުރެއްވި ހަތަރު ވަނަ ޕާޓީއެވެ.
މިކަމާއި ގުޅިގެން ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ރައްދުދީ އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި މަހްލޫފް ވިދާޅުވީ މީ އޭނާ ސިޔާސީ ޕާޓީއަކުން ވަކިވި ފުރަތަމަ ފަހަރުކަމަށެވެ. އަދި އަދި އެނބުރި މިދިޔައީ ހަމަ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް ކަމަށާއި ބަދަލުވެފަ އޮތީ ހަމައެކަނި ޕާޓީގެ ނަންކަމަށެވެ.
މަހްލޫފް ވިދާޅުވީ 2023 ގެ އިންތިހާބަށް ފަހު އޭނާއާ މެދު ކަންކަން ކޮށްފައިވާ ގޮތުން ފޫހިވިލެެއް ބޮޑުވަރުން ސިޔާސީ ކަންކަމާއި ދުރުގައި ހުރިކަމަށެވެ. އަދި އޭނާ އެމްޑީޕީން ވަކިވުމުން އެޕާޓީގެ މަތި ފަޑީގައި އުފާވާނެ ބަޔަކު ތިބޭނެކަމަށާއި އަދި އެކަމަކު އެވާހަކަތައް ދައްކަން ބޭނުން ނުވާކަމަށެވެ.
މަހްލޫފް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި މަގާމެއް ހައްގުވާނަމަ އެންމެ ފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެއެވެ. އަދި އޭނާއަށް ސަރުކާރުން ދިން ވަޒީރުކަމަކީ ތަބަކަށް ލާފަދިން މަގާމެއް ނޫންކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފްވަނީ ޕީއެންސީއާ ގުޅުމަށް އޭނާއަށް އެތައް ފަހަރަކު އެ ޕާޓިް ދައުވަތު ދިންކަން ހާމަކޮށްފައެވެ. އަދި އެޕާޓީއަށް ގެންދިޔުމުން އެކަމުގެ ޝުކުރު އޭނާވަނީ ރައީސް މުއިއްޒަށްް އަދާކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;