ads
ރައީސް މުއިއްޒު އަދި ބާރަށު ދާއިރާގެ މެމްބަރު ސުޖާއު
އަތޮޅު ކައުންސިލް އުވާލަން ހުށައަޅަން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ
އަތޮޅު ކައުންސިލުތައް އުވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
Advertisement

މި ބިލް މަޖިލިހަށް ހުށައަޅާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއުއެވެ. 

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް އޮންނަނީ ހޯމަ، އަންގާރަ ބުދަ މި ޔިން ދުވަހުއެވެ. އެހެންނަމަވެސް މި ބިލް މަޖިލިހަށް ހުށައެޅުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ އެޖެންޑާކޮށްފައެވެ. 

ސުޖާއު ހުށައެޅި ބިލުގައިވަނީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރަން ހުށަހަޅާފައިވެއެވެ. އެއީ އަތޮޅު ކައުންސިލް އުފެއްދުމަށް ރައީސްއަށް ދީފައިވާ ބާރެވެ. އޭރުން އަތޮޅު ކައުންސިލް އުފެއްދުމުގެ ބާރެއް އެއްވެސް ރައީސަކަށް ނުލިބޭނެއެވެ. 

މީގެއިތުރުން ގާނޫނު އަސާސީގައި އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ 231 ވަނަ މާއްދާގެ ހ. ގެ ތިންވަނަ ނަމްބަރާއި އެ މައްދާގެ ށ. ގައި އަތޮޅު ކައުންސިލް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާވެސް އުވާލަން ވަނީ ހުށައަޅާފައެވެ. 

އަންނަ އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަށް ވޯޓްލާން ނުޖެހޭނެކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮގްސަޓްމަހުގެ 20 ވަނަ ދުވަހު ވިދާޅުވެފައެވެ.

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވި ޒިޔާރަތުގައި މަތިވެރީ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮންނަ ކައުންސިލެއް ނޫންކަމަށާއި އެހެންކަމުން ޤާނޫނު އަސާސީއަށް އިސްލާހް ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ނިންމަވާފައިވާކަމަށެވެ. 

" ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކި ވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ޤާނޫނު އަސާސީ އިސްލާޙްކުރާނަން. އިސްލާޙް ނުކޮށް އަތޮޅު ކައުންސިލް އުވާލުމެއް ނެތް ވާކަށް." މިދިޔަ އޮގަސްޓްމަހުގެ 20 ވަނަދުވަހު އއ. މަތިވެރީގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުންނަށް މާ ފައިދާ ބޮޑުވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން މަސައްކަތް ކުރާނީ ސީދާ ކަމާބެހޭ މިނިސްޓްރީތަކާއި ކުންފުނިތަކާ ގުޅިގެންކަމަށް ރައީސް ވަނީ  މުއިއްޒު ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް