ads
ސާޖިދާ މުހައްމަދާއި ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމާއި ރެހެންދި އެވޯޑް ލިބުނު ފަރާތްތައް
މިއަހަރު "ރެހެންދި އެވޯޑް" 15 ކަނބަލަކަށް
ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން އަންނަ "ރެހެންދި އެވޯޑު" މިއަހަރު 15 ކަނބަލަކަށް ލިބިއްޖެއެވެ.
Advertisement

2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ރެހެންދި އެވޯޑަކީ، ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.

އެވޯޑްދިނުމަށް ބާސެލޯ ނަސަންދުރާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، މިދިޔަ އަހަރު އެވޯޑު ލިބުނު ފަސް މީހަކާއި މި އަހަރުގެ ރެހެންދި އެވޯޑު ލިބުނު 10 މީހަކާ އެވޯޑު ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

your imageލީޑާޝިޕް އަދި ގަވަނަންސްގެ ދާއިރާ އެވޯޑް ހާސިލުކުރި އާމިނަތު ރީމާ ރަޝީދު

2024 އަދި 2025 ގެ ރެހެންދި އެވޯޑް ލިބުނު ފަރާތްތައް 

  • މަރިޔަމް އިނާޝާ / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • މަރިޔަމް މުރުޝިދާ / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • އަސްމާ ހަސަން / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • އައިޝަތު ތާއިފާ / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • ވިމެން އެންހޭންސްމަންޓް (އެންޖީއޯ) / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • އައިޝަތު ހުސައިން / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • ސުރައްޔާ އިބްރާހީމް / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • އާމިނަތު އާދަމް ކޮއި / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • ޑރ. ރުހްޝާނާ އަހްމަދު / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • ސަމީނާ އިބްރާހީމް / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • ސަފާތު އަހްމަދު ޒާހިރު / އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • އާމިނަތު ރީމާ ރަޝީދު / ލީޑާޝިޕް އަދި ގަވަނަންސްގެ ދާއިރާ
  • އާމިނަތު ސޫޒަން / ލީޑާޝިޕް އަދި ގަވަނަންސްގެ ދާއިރާ
  • އައިޝަތު ވަހީދާ / އިގްތިސާދީ ގޮތުން ބާރުވެރިކުރުމުގެ ދާއިރާ
  • ޒަހިއްޔާ މުހައްމަދު / އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ

your imageއިޖުތިމާއީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން އެވޯޑް ހާސިލުކުރި ސަފާތު އަހްމަދު ޒާހިރު

ރެހެންދި އެވޯޑު ދެމުން އަންނަތާ މިދިޔަ 11 އަހަރުގެ ތެރޭގައި މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ވަނީ އެ އެވޯޑު ހާސިލްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް