ads
ބައްސާމް އަދީލް ޖަލީލް، ޖަލުގައި އިނދެގެން ޝަރިއަތުގައި ބައިވެރިވަނީ
ބައްސާމް ބޮޑާހޭކުމުން ޖަލު ހެދުން ނުލެއްވި
ޖަލުގެ ގައިދީން ލުމަށް ހާއްސަކޮށްފައިވާ ފެހި ކުލައިގެ ހެދުން ލާން، ޖަލުގައި އިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ދެކޮޅު ހެދުމުން އާދައިގެ ހެދުމުގައި އޭނާ ކޯޓަށް ހާޒިރުކޮށްފިއެވެ.
Advertisement

ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމް މިއަދު ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން އޮތްނަމަވެސް ޖަލު ހެދުން ލާން ބައްސާމް ދެކޮޅު ހެދުމުން ޝަރިއަތް ލަސްވީއެވެ. އެންމެފަހުން ބައްސާމް ކޯޓަށް ގެނައި އާދައިގެ ހެދުމުގައެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން އޭނާ ގެނައި ބިޑި އަޅުވައިގެންނެވެ.

ހެނދުނު 8:15 އަށް ތާވަލުކޮށްފައި އޮތް އަޑު އެހުމަށް ބައްސާމް ގެނެވުނީ ކޯޓުން ބުނި ގޮތުގައި 11:00 އަށެވެ. އެކަމަކު ކޯޓަށް ހާޒިރުވާން ބައްސާމް ދެކޮޅު ހެދި މައްސަލައިގައި ޝަރީއަތުން އޭނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

މިއަދުގެ އަޑުއެހުމުގައި ބައްސާމް ވަނީ ވަކީލުންނާ ބައްދަލުކުރަން ދަތިވާ ކަމަށް ބުނެފަ އެވެ. އެހެންވެ ބައްސާމްއަށް ވަކީލުންގެ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ޝަރީއަތުން އަންގާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް