ads
ވަކީލް އާދަމް ޝަމީމް
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ވަކީލު އާދަމް ޝަމީމް އައްޔަންކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލު އާދަމް ޝަމީމް އައްޔަންކޮށްފި އެވެ.
Advertisement

އެ މަގާމު ހުސްވީ ކުރިން ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

2012 ވަނަ އަހަރުން ފެށިގެން ވަކީލުކަން ކުރައްވަމުން އަންނަ އާދަމް ޝަމީމަކީ ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގެންނެވި، އަދި 2024 ގެ މަޖިލިސް އިންތިޚާބުގައިވެސް ވާދަކުރެއްވި ބޭފުޅެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސްވެރިޔާގެ ގޮތުގައި 5 އަހަރުގެ މުއްދަތަށް އައްޔަންކުރާ މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޯޓުތަކުގެ އިދާރީ އޮނިގަނޑާއި، މުވައްޒަފުންގެ ކަންކަމާއި، ބަޖެޓުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތައް ރޭވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;