ވިލުފުށީގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށް އެކަމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
އެމްއޭސީއެލްގެ ސީއީއޯ އިބްރާޙީމް ޝަރީފް މުހައްމަދު ވަނީ ވިލުފުއްޓަށް ޒިޔާރަތްކުރައްވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ވަނީ ހޯއްދަވާފައެވެ.
ވިލުފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށްދަނީ
ވިލުފުށީ ރައްޔިތުންނާއި މިދިޔަ ސެޕްޓެމްބަރު މަހު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދެ އަހަރާއި ބައިގެ ތެރޭގައި އެއާޕޯޓް މަސައްކަތް ނިންމާ ދަތުރުކުރަން ފައްޓަވާނެކަން އިއުލާންކުރައްވާފައެވެ.
ވިލުފުށީ ބިން ހިއްކުން ކުރިޔަށްދާ ގޮތް ބަލާލަން އެމްއޭސީއެލް ސީއީއޯ އިބްރާޙީމް ޝަރީފް މުހައްމަދު އެރަށުގައި
ވިލުފުށީ އެއާޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ. މި މަޝްރޫއުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން އާއި ފަޔާ ބިލްޑިން އަދި އެނޫންވެސް އެއަާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.