ads
ގއ. އަތޮޅު ހޮސްޕިޓަލުގެ ފެންވަރާ މެދު ހިތްހަމަ ނުޖެހިގެން އެ ރަށުގެ ބައެއް މީހުން މުޒާހަރާ ކުރަނީ
ދަރިފުޅު ދުނިޔެ ދޫކުރީ ހޮސްޕިޓަލްގެ އިހްމާލުން: އާއިލާ
ދަރިފުޅު ވިހޭތަނުން ދުނިޔެ ދޫކުރީ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އާއިލާއިން ބުނެފި އެވެ.
Advertisement

އާއިލާއިން ތުހުމަތުކުރާ ގޮތުގައި ގއ. ވިލިނގިލީ ހޮސްޕިޓަލް ގައި އުފަންވީ ތަނުން ދުނިޔެ ދޫކުރި ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދިނުން ލަސްކުރުމުން ކަމުގަ އެވެ.

ގއ. ދާންދޫއަށް ނިސްބަތްވާ މާބަނޑު މި އަންހެން މީހާ ލޭ ފައިބަން ފެށުމާއި އެކު އެ އަންހެން މީހާ އެންމެ ފުރަތަމަވެސް ދިޔައީ ގއ.ދާންދޫ ހޮސްޕިޓަލް އަށް ކަމަށާއި އެ ހޮސްޕިޓަލް އަށް ދިއުމާއި އެކު އެ ހޮސްޕިޓަލް އިން ގއ.ވިލނގިލީ ހޮސްޕިޓަލް އަށް އޭނާ ރިފާ ކުރިކަމަށް އާއިލާގެ ބޭފުޅަކު ސީއެންއެމް އާއި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

އާއިލާއިން ބުނި ގޮތުގައި އޭނާ ގއ. ވިލިނގިއްޔަށް ދެއްކުމުން ރަހިމުގެ ދޮރާ ދިމާއިން ހުޅުވިފައި އިންކަމަށް ފާހަގަ ވެފައިވާ ކަމަށާއި އެހެން ކަމުން ވިލިނގިލިން ރިފާކުރީ މާލެ ފޮނުވަން ކަމުގައި އެވެ.

"މާލެ ގޮއްސަ އެތަން ފަހާފަ މާލޭގައި އެޑްމިޓް ކޮށްފައި ބޭއްވާފަ ފޮނުވާލީ. ދާއްދޫ އަށް ދިޔަތާ 2 ދުވަސް ތެރޭގައި އަނެއްކާވެސް ލޭފައިބަން ފެށީ. އެހެން ވެގެން އަނެއްކާވެސް ގެނައީ ވިލިނގިލީ ހޮސްޕިޓަލް އަށް. މި ހޮސްޕިޓަލްގަ ބާއްވާފައި އޮންނަތާ މިހާރު ގާތްގަނޑަކަށް ނުވަ ވަރަކަށް ދުވަސް ވެދާނެ މިހާރު" އާއިލާއިން ވާހަކަ ދެއްކެވި ފާރާތުން ސީއެންއެމްއަށް ވިދާޅުވި އެވެ

ވިލިނގިލީ ހޮސްޕިޓަލްގައި ބާއްވާފައި އޮތް އިރުވެސް ހުއްޓުމެއް ނެތި ލޭ އަންނަމުން ދިޔަ ކަމަށާއި ލޭ އަންނަމުން ދިޔައީ ގަނޑުގަނޑަކަށް އެ އާއިލާއިން ބުނެ އެވެ.

މިކަން މިހެން ވަމުން ދިޔަ އިރުވެސް ހޮސްޕިޓަލްގެ ފަރާތުން މާބޮޑު އަޅާލުމަކާއި ސަމާލުކަމެއް ލިބިފައި ނުވާ ކަމަށާއި މާލެ އަށް ފޮނުވާ ދިނުމަށް އެދުމުންވެސް ހޮސްޕިޓަލް އިން ބުނަމުން ދިޔައީ އަމިއްލައަށް މާލެ ދިޔުމަށް ކަމަށް އާއިލާއިން ބުނެ އެވެ.

އަދި މާލެ ދިއުމަށް ހޮސްޕިޓަލްގެ ފަރާތުން އެއްވެސް އެހީއެއް ނުދޭނެ ކަމަށްވެސް ބުނެފައިވާ ކަމަށް އާއިލާއިން ބުނި އެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗްއަށް ގުޅުމުން ފުރަތަމަ ލިބުނީ ވަރަށް ރުންކުރު ޖަވާބެއް ކަމަށާއި ފަހުން އެ ހޮސްޕިޓަލް އިން އެ ފަދަ ކޭސްތައް ރިފާވެގެން އަންނަ ކަމަށް ބުނެފައިވާ ކަމަށް އާއިލާއިން ބުނި އެވެ.

"އެ ގޮތަށް ރިފާ ކުރެވެން އޮއްވާ ގއ.ވިލިނގިލީ ހޮސްޕިޓަލްގައި ބާއްވާއިގެން ބައިވަރު ބޭސް ތަކެއް ދިނީ. މަސްވެސް ނިކުތް އިރު އޮތީ ހަލާކުވެފައި. އަޅުގަނޑުމެން އަތުން ވަޅުވެސްލީ. މަސް އޮތީ ވިިރިފަ ހަމަ." އާއިލާއިން ވާހަކަ ދެއްކެވި ފާރާތުން ސީއެންއެމްއަށް ވިދާޅުވި އެވެ

އާއިލާއިން ފާހަގަ ކުރިގޮތުގައި އެ ހޮސްޕިޓަލްގެ ޑޮކްޓަރު ލޭފައިބާކަމަށް ބުނުމުންވެސް އެކަން ގަބޫލު ނުކުރިކަމަށާއި އެހެން ކަމުން އެ އަންހެން މީހާގެ ބެލެނިވެރިއަކުން ފޮޓޯ ނަގާއިގެން ދެއްކުމުންވެސް ޑޮކްޓަރު ގަބޫލު ނުކުރި ކަމުގަ އެވެ.

އާއިލާއިން ބުނިގޮތުގައި މީގެ ދެތިން ރޭ ކުރިން ވަރަށް ބައިވަރު ލޭ އައީ ދަރިފުޅާއި އެކު ކަމަށާއި އަދި އެ ދަރިފުޅު ދުނިޔެ ދޫކުރީ ދުނިޔެއަށް ދެތިން ނޭވާލާފައި ކަމުގަ އެވެ.

މިކަން ވެގެން ނިމުން އިރުވެސް ޑޮކްޓަރަށް ނާދެވޭކަމަށް ކަމަށްވެސް އެ އާއިލާއިން ފާހަގަ ކުރެ އެވެ.

އާއިލާއިން ބުނީ މިއީ މިފަދަ ކޭސްއެއް ދިމާވި ފުރަތަމަ ފަހަރު ނޫން ކަމަށާއި މި ފަދަ ކޭސްތައް ވަރަށް ގިނައިން އެ ހޮސްޕިޓަލްގައި ދިމާވި ނަމަވެސް ރައްޔިތުން ތިބޭނީ ވަޒީފާގެ ބިރުން އެ ވާހަކަ ނުދައްކާކަމަށް އާއިލާއިން ފާހަގަ ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް