ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒު ވޭޕްކުރާ ކަމަށް މަންދީ ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، އޭނާއާއި ދެކޮޅަށް ދައުވާ އުފުލީ ފަސްޓްލޭޑީ ސާޖިދާ އަހުމަދުއެވެ. އެ ދައުވާ އުފުލީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލާގައި ކޯޓުން ކުރި ހުކުމްގައިވަނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކައިން އުމައިރު މުހައްމަދު ކަރާމާތް ނަގާލި ކަމަށް ސާބިތުވާކަމަށެވެ. އަދި އޭނާ ދެއްކި ވާހަކައިން އުމައިރު މުހައްމަދަށްް ގެއްލުމެއް ލިބިފައިވާނަމަ، އެކަމުގެ ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމަށްވެސް ހުކުމުގައި ވެއެވެ.
ރައީސް މުއިއްޒާއި އެމަނިކުފާނު އާއިލާ
މަންދި ދެއްކި ވާހަކައިގެ މައްސަލަ ބަލަން ފުލުހުންގެ މައްޗަަށް އަމުރުކޮށްދިނުމަށާއި ރައްޔިތުންގެ މަޖިލީހުންވެސް އެ މައްސަލަ ބަލާދިނުމަށް އަމުރުކުރުމަށްވެސް ސާޖިދާ އަހުމަދުގެ ފަރާތުން ކުރެެއްވި ދައުވާގައިވެއެވެ. އެހެންނަމަވެސް ކޯޓު ހުކުމުގައި މިކަންކަމަށް ގޮތެއް ނިންމާފައެއް ނުވެއެވެ.
މި މައްސަލާގައި މީގެ ކުރިން ވަނީ މަރިޔަމް ޒުބައިރު ދެއްކި ވާހަކައިން އުމައިރުގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށްވެސް ސިވިލް ކޯޓުން ހުކުމްކޮށްފައެވެ.