ads
އެމްއެމްއޭ ރިސާޗް ކޮންފަރެންސް -- ފޮޓޯ: އެމްއެމްއޭ
އެމްއެމްއޭގެ ރިސާޗު ކޮންފަރެންސް މިއަދު ފަށައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗު ކޮންފަރެންސް މިއަދު ފަށައިފި އެވެ.
Advertisement

ވިލާ ނޯޓިކާ ޕެރެޑައިޒް އައިލެންޑް ރިޒޯޓުގައި ފެށި، މި ކޮންފަރެންސަކީ މިހާތަނަށް އެ ކޮންފަރެންސްގައި އެންމެ ގިނަ ފަރާތްތަކުން ބައިވެރިވި ފަހަރެވެ. މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ފޯރަމްގައި 240 މީހުން ބައިވެރިވި އެވެ.

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަކީ 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މިއީ މި ކޮންފަރެންސް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ކޮންފަރެންސަށް ވުރެ މިއަހަރު ބައިވެރިވި މީހުންގެ އަދަދު ވަނީ ދެގުނަ ވެފަ އެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

ކޮންފަރެންސްގައި މަޝްވަރާ ބައްދަލުވުންތަކާއި، ޕެނަލް ޑިސްކަޝަންތައް ވެސް އޮންނާނެ އެވެ. އެގޮތުން، އެއް ޑިސްކަޝަންގައި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒުގައި މަސައްކަތްކުރައްވާ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެމްއެމްއިން އަލަށް ތައާރަފުކުރި އިކޮނޮމިކް އަދި ފައިނޭންޝަލް މެގަޒިން "ދި އައިލޭންޑް އިކޮނޮމިސްޓް" ވަނީ މި ކޮންފަރެންސްގެ ތެރެއިން ނެރެފަ އެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނު އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު އެވެ.

your imageއެމްއެމްއޭއިން އަލަށް ތައާރަފްކުރި އިކޮނޮމިކް އަދި ފައިނޭންޝަލް މެގަޒިން "ދި އައިލޭންޑް އިކޮނޮމިސްޓް" މެގަޒިން ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ލޯންޗްކޮށްދެއްވަނީ - ފޮޓޯ: އެމްއެމްއޭ

އޭގެއިތުރުން އެމްއެމްއޭގެ ރިސާޗު ޖާނަލް "މޯލްޑިވްސް ޖާނަލް އޮފް އިކޮނޮމިކްސް އެންޑް ފައިނޭންސް" ވަނީ ލޯންޗުކޮށްފަ އެވެ. މި ޖާނަލް ލޯންޗު ކޮށްދެއްވީ މެލޭޝިއާގެ އިންސީފް ޔުނިވާސިޓީގެ ޕްރޮފެސަރު އަދި އެސޯސިއޭޓް ޑީން ޑރ. އާއިޝަތު މުނީޒާ އެވެ.

މި ކޮންފަރެންސަގައި ވަނީ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ގެ މުބާރާތްތަކުގެ ފައިނަލަށް ދިޔަ ފަރާތްތަކަށް ވަނަތަކާއި ފައިސާގެ އިނާމު ހަވާލުކޮށްފަ އެވެ.

މި އަހަރުގެ އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވެ އެވެ. އެ ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅާ ފަރާތްތައް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި 20 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ދިރާސާވެރިން ހިމެނެ އެވެ. އެމްއެމްއޭއަށް ރިސާޗް ފަންޑްތަކަށް 39 ހުށަހެޅުމާއި، މިއަދު ލޯންޗުކުރި އެމްއެމްއޭ މަޖައްލާ ދި އަލއިލޭންޑް އިކޮނޮމިސްޓް މަޖައްލާއަށް 20 ލިޔުން ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް