ads
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން ބޭއްވި ޓެކްސް ފޯރަމްގެ އިފުތިތާހީ ޖަލްސާގައި ޓެކްސް ކޮމިޝަނަރު ޒަރީރު ވާހަކަ ދައްކަވަނީ - ފޮޓޯ: ސީއޭ މޯލްޑިވްސް
އެންމެންގެ ޒިންމާއަކީ ޓެކްސް ނިޒާމުގެ އިންޓަގްރިޓީ ދެމެހެއްޓުން: ޓެކްސް ކޮމިޝަނަރު
ޓެކްސް ޕްރޮފެޝަނަލުންނަށާއި ޓެކްސް އޭޖެންޓުންނަށާއި ޓެކްސް ލޯޔަރުން ކުރަން ޖެހޭ ކަމަކީ އަދި ޒިންމާއަކީ ޓެކްސް ނިޒާމުގެ އިންޓަގްރިޓީ އާއި އިންސާފުވެރިކަން ދެމެހެއްޓުން ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު އެދިވަޑައިގެންފި އެވެ.
Advertisement

އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް، (ސީއޭ މޯލްޑިވްސް) އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ ޓެކްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ޒަރީރު ވިދާޅުވީ، މުޅި ދުނިޔޭގައި ޓެކުހާ ގުޅޭ ގޮތުން ކުރާ މަސަައްކަތުގެ އަމާޒަކީ އެ ދާއިރާ އިން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރު ކުރުން ކަމަށެވެ.

ސީއޭ މޯލްޑިވްސް އާއި މީރާ ގުޅިގެން ފެށި ޓެކްސް ފޯރަމަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ. މީރުމާ ހޯލްގައި ކުރިއަށް ދިޔަ މި ފޯރަމްގައި 150 ފަރާތަކުން ބައިވެރިވި އެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު، ކުރިއަށް ގެންދާ ދުވަސްވަރެއްގައި ބާއްވާ އެ ފޯރަމްގެ ޝިއާރަކީ "ޝޭޕިން އަ ސްމާޓާ ޓެކްސް ފިއުޗާ ޓުގެދާ" އެވެ.

ޒަރީރު ވަނީ، ޓެކްސް ނިޒާމުގެ އިތުބާރު ދެމެހެއްޓުމަކީ ޓެކްސް ނެގުމާ ގުޅޭ ދާއިރާގެ ހުރިހާ ޕްރޮފެޝަނަލުން ވެސް ހިއްސާވެ، ޒިންމާވާން ޖެހޭ ކަމެއް ކަމަށާއި އެހެންވެ އެ ދާއިރާގެ އިތުބާރު ދަމަހައްޓަން ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު އެދިވަޑައިގެންފަ އެވެ.

"މި މައްސަލަތަކަކީ ރާއްޖެ ފަަދަ ކުދިކުދި އިގުތިސާދުތަކާ ވަރަށް ބޮޑަށް ގުޅޭ މައްސަލަތައް. މިއަދު މި ތަަނަށް ވަޑައިގެންނެވި ޓެކްސް ޕްރޮފެޝަނަލުންނަށާއި ޓެކްސް އޭޖެންޓުންނަށާއި ޓެކްސް ލޯޔަރުންނަށް އަޅުގަނޑު ހަނދާން ކޮށްދޭން ބޭނުންވަނީ އަޅުގަނޑުމެން އެންމެންގެ ޒިންމާއަކީ ޓެކްސް ނިޒާމުގެ އިންޓަގްރިޓީ އާއި އިންސާފުވެރިކަން ދެމެހެއްޓުން ކަން،" ޓެކްސް ކޮމިޝަނަރު ވިދާޅުވި އެވެ.

ޓެކްސް އަށް މަކަރު ހަދައި، ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ މަދުކުރަން އެހީތެރިވާ ސްކީމުތަކަށް އެހީތެރިވުމަކީ ހަމަ އެކަނި އިތުބާރު ގެއްލޭނެ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީ އަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކްސް އެކައުންޓިން އަދި އޮޑިޓް ދާއިރާ އަށް އަމާޒުކޮށްގެން ބޭއްވި އެ ފޯރަމްގައި ޓެކުހާ ގުޅޭ ސިޔާސަތުތައް އެކުލަވައިލާ ދިވެހި ބޭފުޅުންނާއި ބައިނަލްއަގުވާމީ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް