ads
އޭޓީއެމް ހިދުމަތާއެކު މާލޭގައި ބަސް ސްޓޮޕް އިމާރާތްތަކެއް އަޅަން މާލޭ ސިޓީ ކައުންސިލާއި އިސްލާމިކް ބޭންކު ސޮއިކުރުމުގެ ތެރެއިން
އޭޓީއެމް ހިދުމަތާއެކު މާލޭގައި ބަސް ސްޓޮޕް އިމާރާތްތަކެއް އަޅަނީ
އޭޓީއެމް ހިދުމަތާއެކު މާލޭގައި ބަސް ސްޓޮޕް އިމާރާތްތަކެއް އަޅަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
Advertisement

އޭޓީއެމްގެ ހިދުމަތްތަކާއި އެކު، މާލޭގައި މުޅިން އަލަށް، އަޅާ ބަސް ސޮޓޮޕް ޢިމާރާތްތައް އަޅަން މާލެ ސީޓީ ކައުންސިލުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އެވެ. 

މިކަމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުހައިމިން ނަސީރެވެ. އެމް.އައި.ބީ ގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުހައްމަދު ޒުލާލް ޒައީމެވެ.

މި އެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު ސަރައްދެއްގައި ބަސް ސްޓޮޕް ހަދަން ވަނީ ނިންމާފައެވެ. އެއީ މަޖީދީމަގު، މާފަންނު މައިޒާނާއި، އަމީނީމަގުގައި ހުންނަ ސިނަމާލެ 3 އާއި، ބޮޑުތަކުރުފާނު މަގުގައި ހުންނަ، ތައިސޭކޮށި އަދި ބޮޑުތަކުރުފާނު މަގު، ރާޅުގަނޑު ސަރަހައްދުގައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެ ސަރަހައްދުތަކަކީ މާލޭގެ މީހުން ގިނައިން އެއްވެ އުޅޭ މުހިއްމު ހަތަރު ސަރަހެއްދުކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އާންމު ބޭނުންތަކަށް ތަރައްގީ ކުރެވޭ ވަސީލަތްތަކާއި އެކު އަޅާ މި އިމާރާތްތަކުގެ ޖުމުލަ ހަރަދު، ހަމަޖައްސާނީ އެމް.އައި.ބީ އިން ކަމަށެވެ. އަދި މި އެއްބަސްވުން ހަދާފައިވަނީ 10 އަހަރުގެ މުއްދަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށެވެ. އެ ގޮތުން ބަސް ސްޓޮޕް އިމާރާތްތަކާއި، އޭޓީއެމް ކިއޮސްކްތައް ހިމެނޭ މި ވަސީލަތްތައް ފަރުމާކޮށް، އިމާރާތްކޮށް، އަދި ބެލެހެއްޓުމުގެ ޒިންމާ އަކީ އެމް.އައި.ބީ ގެ ޒިންމާއެއްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ނިމުމަކަށް އައުމުން، އިމާރާތްކުރެވިފައިވާ އިމާރާތްތަކާއި ދާއިމީ ސްޓްރަކްޗަރުތައް، ބިމުގައި ދެމިހުންނާނެ ކަމަށާއި އަދި އެ ތަން ވެގެންދާނީ މާލެ ސިޓީ ކައުންސިލުގެ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މި އިމާރާތްތައް ތަރައްޤީ ކުރުމުގައި ދެ ފަރާތުން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ބަސްހުއްޓާ ސަރަހައްދުގައި، އެ ތަނަށް ވަދެނިކުތުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ދިމާނުވާނެގޮތަކަށް ތަން ފަރުމާކުރާ ގޮތަށްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް