މި ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ސަރުކާރުން ބުނެއެވެ.
ހައުސިން މިނިސްޓްރީން ބުނީ ގޯއްޗަށް އެދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތި 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާރިޗު 2026 ގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެކަމަށެވެ. އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންކަމަށެވެ.
ގޯތި ދެނީ ދެ ކެޓަގަރީއަކުން
މާލެއިން ގޯތި ދޫކުރުމަށް ނިންމާފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށެވެ. މާލޭ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވަނީ 10،000 ގޯއްޗެވެ. އަދި މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް ދޭން ނިންމާފައިވަނީ 3000 ގޯއްޗެވެ. މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ ގޯއްޗެވެ.
މާލޭ ރަށްވެހިން
މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް
މާލޭގައި މެދުނުކެނޑި ދިރިއުޅެމުން އަންނަތާ 15 އަހަރުވެފައިވާ މީހުން
ގޯތި ލިބޭ އަސާސީ ޝަރުތުތައް
މީގެއިތުރުން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަަކަށް 500 ގޯއްޗާއި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1500 ގޯތި ދިނުމަށްވެސް ވަނީ ނިންމާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;