ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ ފްލެޓްތަކުން 300 ފްލެޓް އެކި އޮފީސްތަކަށް ހާއްސަކޮށްފިއެވެ.

Advertisement
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ޖުމްލަ 7500 ފްލެޓްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މި ފްލެޓްތަކަށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
ސަރުކާރު މުވައްޒަފުންނަށް ފްލެޓްދޭ އޮފީސްތައް ( ޖުމްލަ 300 ފްލެޓް )
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- ރައްޔިތުންގެ މަޖިލީހުގެ އިދާރާ
- އެޓާނީ ޖެނެރަލްގެ އޮފީސް
- ފޮރިން ސާވިސް
- ޖުޑިޝަލް ސާވިސް ކޮމިޝަން
- އިލެކްޝަންސް ކޮމިޝަން
- ސިވިލް ސާާވިސް ކޮމިޝަން
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
- އެންޓި ކޮރަޕްޝަން ކޮމިޝަން
- އޮޑިޓާ ޖެނަރަލް އޮފީސް
- ޕްރޮސެކިއުޓަ ޖެނެރަލް އޮފީސް
- މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
- ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
- މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަން
- ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
- ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ
- މޯލްޑިވްސް އިންޓަނޭޝަނަލް އާރބިޓްރޭޝަން ސެންޓަރު
- ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީސް
- އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓަސް އޮފީސް
- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
- ވަޒީފާއާބެހޭ ޓްރައިބިއުނަލް
- ލޯކަލް ގަވާމަންޓް އޮތޯރިޓީ
- ޓެކްސް އެޕީލް ޓްރައިބިއުނަލް
މީގެއިތުރުން ފްލެޓް ދޭ އޮފީސްތަކާއި ދޭ އަދަދު
- ދިވެހިންގެ ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ނަށް : 100 ފްލެޓް
- މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުންނަށް : 100 ފްލެޓް
- ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން ނަށް: 200 ފްލެޓް
ހައުސިން މިނިސްޓްރީން ބުނީ ގޯއްޗަށް އެދުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތި 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާރިޗު 2026 ގެ ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާނެކަމަށެވެ. އެގޮތުން އެޕްލިކޭޝަން ހުށަހެޅޭނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު" ނުވަތަ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލު" ގެ ތެރެއިން ކޮންމެވެސް އެއް އުސޫލެއްގެ ދަށުންކަމަށެވެ.