އަގީލް ހައްޔަރުކޮށްގެން ހާޒިރުކުރަން އޮތީ ބައްސާމް މައްސަލައިގައި ހެކިބަސް ނެގުމަށެވެ. އަދި އޭގެ އިތުރުން އޭނާގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގެ އަޑު އެހުމެއްވެސް މިއަދަށް ތާވަލުކޮށްފައި އޮތެވެ. އަގީލްގެ މައްޗަށް ދައުވާކޮށްފައި އޮތީ، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.
އަގީލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލައިގައި ހެކިބަސް ދީފައެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އަގީލް ވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ކުރިން ބުނެފައެވެ.