ads
ފުވައްމުލަކުގައި ރައްޔިތުން ތަކެއް ފެން ކޭސްތަކެއް ހިފައިގެން - ފޮޓޯ/ އަލީ ޝަރީފް
ފެނަކަ ގޮވައިގެން ފުވައްމުލަކު ކައުންސިލުން ކޯޓަށް
ފުވައްމުލަކުގައި ސަޕްލައި ފެން ތަގައްޔަރުވެފައިވަނީ ގިނަ އަދަދެއްގެ ގޭބިސީތަކުގައި ކްރޮސް ކަނެކްޝަން (ދެ ފެން އެއްވާ ގޮތަށް) ހަދާފައިވާތީ ކަމަށާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި ނޫނީ ފެން ދޫނުކުރުމަށް އެދިފައިވަނިކޮށް އަލުން ފެންދޫކޮށް ހިދުމަތް ދެމުންދާތީ އެކަން ހުއްޓުވުމަށް މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފުވައްމުލަކު ކައުންސިލުން ބުނެފި އެވެ.
Advertisement

ކައުންސިލުން ނެރުނުބަޔާނެއްގައި ބުނީ އެ ކައުންސިލުން ބުނީ ކޯޓަށް ދާން ނިންމީ ފެނަކަ އިން ދޫކުރާ ފެން ފޯރުކޮ ށްދިނުމުގައި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަބާވުމަށް އަމުރެއް ނެރެ ދިނުމަށް އެދި ކަމަށެވެ.

"ފެން އުފައްދާ ގޭގެއަށް ފޯރުކޮށްދިނުމުގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުކޮށް ދެއްވުން އެދި ކައުންސިލުން މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައިވާ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަން." ކައުންސިލުން ބުންޏެވެ.

ފުވައްމުލަކު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އެކަށީގެންވާ ރައްކާތެރި ފެން ފޯރުކޮށް ދިނުމަކީ އިންސަނީ ހައްގަކަށްވާތީ، އެ ރައްޔިތުން އެކަމުން މަހުރޫމުވަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަސް ހުށަހަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ނަމަވެސް މިފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން ނެރުނު ނޫސްބަޔާނެއް ބުނީ، ފުވައްމުލަކުގައި ސަޕްލައި ފެން ހުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ގަބޫލުކުރާ މިންގަނޑަށް ކަމަށެވެ.

ފުވައްމުލަކުގެ ފެނުގެ ނިޒާމަށް މައްސަލަ ޖެހި އެ ރަށުން ފެން އެއްކޮށް ކަނޑާލިތާ ދެ ދުވަސް ފަހުން އަލުން ފެނުގެ ހިދުމަތް ދޭން ފެށި އެވެ. އެކަމަކު މިހާރު ދޫކުރަމުން އަންނަ ފެނުގައި ވެސް ކިލަނބުކަމެއް ހުންނަ ކަމަށް ރައްޔިތުން ބުނެ އެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުން ވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް