ads
" އޮޕަރޭޝަން ހަމަމަގު" ފެށުމުގެ ތެރެއިން
ބިދޭސީން ގަވައިދަށް ވައްދަން އަނެއްކާވެސް އޮޕަރޭޝަނެއް މި ފަހަރު " އޮޕަރޭޝަން ހަމަމަގު"
ރާއްޖޭގައި އުޅޭ ބިދޭސީން ގާނޫނާއި ގަވާއިދަށް އަމަލުކުރަމުންދާ މިންވަރު ކަށަވަރު ކުރުމަށް އަނެއްކާްވެސް އޮޕަރޭޝަނެއް ފަށައިފިއެވެ.
Advertisement

އިމިގްރޭޝަނުން ފެށި  "އޮޕަރޭޝަން ހަމަމަގު" ފައްޓަވާދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހްއެވެ.

އިމިގްރޭޝަނުން ބުބީ މާލޭ ސަރަހައްދުގައި ކުރިއަށްދާ މި ޕްރޮގްރާމުގައި އިމިގްރޭޝަން އޮފިސަރުން ޕެޓްރޯލް ކުރަމުންދާނީ  ސައިކަލުތަކުގައި ކަމަށެވެ. އޭގެ ސަބަބުން މުޅި މާލޭ ސަރަޙައްދު ފުރިހަމައަށް ބެލެހެއްޓިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

މި އޮޕަރޭޝަނަކީ އިމިގްރޭޝަނުން ކުރިއަށް ގެންދާ "މައިގްރެންޓް މޮނިޓަރިން އެންޑް ކޮމްޕްލައެންސް" ޕްރޮގްރާމުގެ ދަށުން ކުރިޔަށް ގެންދާ އޮޕަރޭޝަނެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެ މައިގަނޑު މަޤްސަދަކީ ބިދޭސީންގެ ހަރަކާތްތައް ބަލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މަސައްކަތް ކުރަމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ޔަޤީންކުރުންކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް