ads
ޖިންސީ އަނިޔާ ދައްކުވައިދޭ ޕޯސްޓެއް-----
ޖިންސީ އަނިޔާ ލިބުނު ޒުވާން އަންހެނެއްގެ މައްސަލަ ފުލުހުން ބަލަނީ
މާލޭގައި އުމުރުން 24 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
Advertisement

ފުލުހުން ބުނީ، މިމަހުގެ 16ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. 

އަދި އެ ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ބުންޏެވެ.

އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި މައްސަލަ ދިވެހި ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް