ads
ސަރުކާރަށް ދެ އަހަރުން ފުރުން ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ
ޓެކްސީ ފަށަން އަނެއްކާވެސް ތާރީހެއް، ރައީސް ވިދާޅުވީ ފެބްރުއަރީގައި ފަށާނެކަމަށް
ޓެކްސީ ހިދުމަތް ދިނުމަށް ސަރުކާރުން ފަށަން ބުނި ޓެކްސީ ލައިންގެ ހިދުމަތް އަންނަ ފެބްރުއަރީ މަހުގެ މާލޭގައި ފަށާނެކަމަށް ރައީސް ްޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން ސަރުކާރުން މިހާތަނަށް ވަނީ ތާފު ތާރީހުތައް ދީފައެވެ. 

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ސަރުކާރު މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހާމަކުރައްވަމުން ރައީސް މުއިއްޒު ވަނީ ޓެކްސީ ލައިން ފަށަން އަނެއްކާވެސް ތާރީހެއް ދެއްވާފައެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވީ ގޮތަށް ޒަމާނީ ވަރަށް ފެންވަރު ރަނގަޅު ޓެކްސީތަކާއި އެކު މާލޭ ސަރަހައްދުގައި ޓެކްސީ ލައިންގެ ހިދުމަތް އަންނަ ފެބްރުއަރީ މަހު ފަށާނެކަމަށެވެ. އަދި މި ހިދުމަތް ފެށުމުން ޓެކްސީ ޑްރައިވަރުން ބާކީ ނުވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ޓެކްސީ ޑްރައިވަރުން ބާކީއެއް ނުވާނެ. ޓެކްސީ ޑްރައިވަރުން ހަމަ އެ ޕްރޮގްރާމްގެ ތެރެއަށް ވަންނާނެ. ހަމަ ވަދެގެން ފިކްސްޑް އިންކަމް ލިބިގެންދާނެ. ރައްޔިތުންނަށް ލިބިގެންދާނީ ގެރެންޓީ ސާވިސް. އެއްވެސް ކަހަލަ ތާފުތުކުރުމެތް ނެތި އެންމެ ރަނގަޅު ފެންވަރުގައި މާލެ ސިޓީގައި ޓެކްސީ ހިދުމަތް އެންމެ ލަސްވެގެން ފެބްރުއަރީ މަހު ލިބިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް