ads
ސައުދާ
ނިލަންދޫ އޮތީ ހަނޑަސްބުރި ބޭނުންކުރަން ޖެހޭ ހާލަތުގައި
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިއިރު ނިލަންދޫ އޮތީ ހަނޑަސްބުރިއާއި ގުންތަރަ ބޭނުންކުރި ޒަމާނަށް ވުރެވެސް ފަހަތުގައި ކަމަށް މުއިއްޒުގެ ކޮއްކޮ، އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.
Advertisement

ސައުދާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ސައުދާ ވިދާޅުވީ ކުރީ ސަރުކާރުގައި އޭނާ ތަމްސީލު ކުރާ ދެ ރަށް، ތަރައްގީގެ ރާޑަރަށް އަރާފައިނުވާ ކަމަށެވެ.

މި ސަރުކާރު ހަވާލުވިއިރު، ނިލަންދޫ އޮތީ ހަނޑަސްބުރިއާއި ގުންތަރަ ބޭނުންކުރި ޒަމާނަށް ވުރެވެސް ފަހަތުގައި. މި ސަރުކާރު އައިސް ކުރެވުނު މަސައްކަތުން، ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި.

ފ. ނިލަންދޫގައި ޒަމާނީ ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއު ރަސްމީކޮށް މިހާރުވަނީ ފަށައިފައެވެ. އެކަން ފެށުނީ، މިދިޔަ ސެޕްޓެމްބަރު މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިލަންދޫއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ފ. ނިލަންދޫގައި ގާއިމުކުރެވޭ ޒަމާނީ ނަރުދަމާ ނިޒާމަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރެވިފައިވަނީ މޯލްޑިވެސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 69,680,093.29 ރުފިޔާ ކަމުގައިވާއިރު، ޕްރޮޖެކްޓް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތަކީ 720 ދުވަހެވެ.

ނިލަންދޫގެ މަގުތަކުން ނަޖިސް އެރުމުގެ މައްސަލަ އަންނަ އަހަރު ފަހުކޮޅަށް ހައްލުކުރެވޭނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ކުރިންވަނީ ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް