ads
ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
ދައުލަތުގެ ހަރަދުތައް %40 ކުޑަކުރަން ސިޔާމް ގޮވާލައްވައިފި
ދައުލަތުގެ ހަރަދުތައް މިހާރު ހުރި ވަރަށްވުރެ %40 ކުޑަކުރަން މީދޫ ދާއިރާގެ މެމްބަރު، ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ގޮވާލައްވައިފިއެވެ.
Advertisement

ދައުލަތުން އަންނަ އަހަރަށް ހުށައަޅާފައިވަނީ 64.2 ބިލިއަންގެ ރެކޯޑް ބަޖެޓެކެވެ. ބަޖެޓް ބަހުސްގައި ވާހަކަ  ދައްކަވަމުން ސިޔާމް ވިދާޅުވީ  އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ކަމަށާއި ބަޖެޓެއްގެ އެންމެ މުހިއްމު ކަމަކީ ލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ހަރަދުކުރުން ކަމަށެވެ.

އަންނަ އަހަރު ރާއްޖެއިން ދަރަންޏަށް އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު، އެ ފައިސާއަކީ އަދި ދައުލަތުގައި ހުރި ފައިސާއެއް ނޫން ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި  އެ ފައިސާ ވެސް ހޯދަން ޖެހެނީ ދައުލަތުން ބޮންޑު ވިއްކައިގެން ކަމަށް ވާއިރު ދައުލަތުގެ ހަރަދުތައް ކުޑަކުރަން ޖެހޭކަމަށެވެ.  

"އަޅުގަނޑު ބޭނުންވޭ މި ހަރަދު، ދައުލަތުގެ ޚަރަދު މިހާރު ހުރި ވަރަށްވުރެ ގާތްގަނޑަކަށް 40 އިސައްތަ ކުޑަކުރަން. އެއީ ސަބަބަކަށް ވަނީ އަޅުގަނޑުމެންގެ މި ވަގުތު މި ހުރި ލިބޭ ފައިދާއަށް ބަލައިލާއިރުގައި އަޅުގަނޑުމެން ކުރަންޖެހޭ ހަރަދަކީ ލިބޭ އެއްޗަކާ އެއްވަރުގެ ހަރަދަކަށް ވާއިރުގައި އަޅުގަނޑުމެންނަކަށް އިތުރު އެއްވެސްކަމެއް ރިޒާވެއް ކުރެވޭނެ ގޮތެއް ނެތް. އަޅުގަނޑުމެންގެ ރިޒާވް މި އޮތީ ވަރަށް ދަށުގައި. އެހެންވީމާ މި ރިޒާވް އަޅުގަނޑުމެން ހަމަޖައްސާކަމުގައިވާނަމަ އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ ހަރަދުތައް ކުޑަކުރަން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު މިހާރު ވިޔަފާރިތަކަށް ކޮމާޝަލް ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓު ބޮޑުވެފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ތިބީ ވަރަށް ދަތި ހާލުގައި،" ސިޔާމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާ ނަމަ އިންފްލޭޝަނަށް އޭގެ އަސަރު ކުރާނެކަން ސިޔާމް ފާހަގަކުރެއްވިި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް