ads
މާލޭ ސިޓީ ކައުންސިލުން ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާ - ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ އޮޑިޓް، އޮޑިޓާ ޖެނެރަލް ނިންމާ ނުދިން، ކައުންސިލްގެ ޝަކުވާ
މާލޭ ސިޓީ ކައުންސިލްގެ އޮޑިޓް، އޮޑިޓާ ޖެނެރަލް ނިންމާ ނުދިންކަމަށް ބުނެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

ސިޓީ ކައުންސިލުން މި ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ކައުންސިލްގެ މިދިޔަ ދައުރުގައި ގާނޫނާއި ހިލާފަށް މާލޭގެ ބައެއް ބިންތައް ކުއްޔަށް ދިން މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. 

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ‏ އެ ކައުންސިލުގެ އިދާރާ އޮޑިޓުކުރުމުގެ ޤާނޫނީ ޒިންމާ ހަމަޖެހިފައި އޮންނަނީ އޮޑިޓާ ޖެނެރަލްގެ އޮފީހަށްކަމަށެވެ. އޮޑިޓާ ޖެނެރަލް އޮފީހުން ކުރިއަށް ގެންދާ ކައުންސިލްގެ ޕާފޮމަންސް އޮޑިޓް އާއި ފައިނޭންޝިއަލް އޮޑިޓްގެ މަސައްކަތްތަށް ކުރިއަށްގެންދިއުމުގައި މާލެ ސިޓީ ކައުންސިލް އިދާރާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމެއް ދީ އެދުނު ހުރިހާ ލިޔެކިޔުމެއް އޮޑިޓް އޮފީހާ ހަވާލުކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. 

" އަދި އޮޑިޓް ރިޕޯޓްތައް އަވަސްކޮށްދިނުމަށް އެދި އޮޑިޓަރ ޖެނެރަލް އޮފީހަށް ވަނީ ސިޓީވެސް ފޮނުވިފައެވެ. އޮޑިޓްރިޕޯޓަކީ މި އިދާރާގެ ކުރިއެރުން ބައްޓަންކުރުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ރިޕޯޓެއްކަމުގައި މި އިދާރާއިން ދެކޭތީ ވީހާވެސް އަވަހަށް އޮޑިޓް ރިޕޯޓުތައް ނިންމަވާދެއްވުމަށް ވަނީ އެދެވިފައެވެ." ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައިވެއެވެ.

ކައުންސިލްގެ މިދިޔަ ދައުރުގައި މާލޭ މަސްމާރުކޭޓް ކުއްޔަށް ދިނުމުގައި އުސޫލާއި ހިލާފު ކަންކަން ކުރި މައްސަލަ ފެންމަތިވެ އެ މައްސަލަ ކައުންސިލްގެ ޖަލްސާގައި އެޖެންޑާވެސް ކުރިއެވެ. އެހެންނަމްވެސް ސަރުކާރު ހިންގާ  ޕީއެންސީ މެޖޯރިޓީ އޮންނަ ކައުންސިލުން ވަނީ އެ ޖަލްސާތައް ކުރިޔަށް ގެންދިޔަ ނުދީ ހިފަހައްޓާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
އެންމެ ފަސް