ads
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން - ފޮޓޯ: ޕޮލިސް
ހަށިވިއްކުމުގެ ތުހުމަތުގައި ހަތަރު މީހަކު ސްޕާއަކުން ހައްޔަރުކޮށްފި
ހަށިވިއްކާ ކަމުގެ ތުހުމަތުގައި ސްޕާއެއްގެ ތެރެއިން ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން މިއަދު ބުނި ގޮތުގައި، "ޕީސް ސެލޫން އެންޑް ސްޕާ"ގެ ނަމުގައި، ހ. އަރިހިޔާ ތިން ވަނަ ބުރީގައި ހިންގާ އެ ސްޕާއިން ހައްޔަރު ކުރީ ތައިލެންޑް ތިން އަންހެނަކާއި ދިވެހި ފިރިހެނެކެވެ. 

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފިރިހެނަކީ ގއ. ވިލިނގިލި، ރިވެލި، މުހައްމަދު ސަމާމް ރަޝީދު، 28، އެވެ.

އެ މައްސަލާގައި ދެން ހިމެނެނީ؛

- ޖުންޕެން ކުމްބޮންޕިޓަކް، 38

- ޕަޓްޗަރިދާ ބަންނަބޮޑީ، 24

- ސުޕަވަޑީ ޖޮމްޓަރަކު، 21

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރކުރުމުން ސަމާމްގެ ބަންދަށް ފަސްދުވަހަށް، ޖުންޕެން އާއި ސުޕަވަޑީ ޖޮމްޓަރަކު ތިން ދުވަހަށް އަދި ޕަޓްޗަރިދާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް