މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ވާކްކް ވީޒާގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށްކަމަށް އިމިގްރޭޝަުން ބުނެފިއެވެ.

Advertisement
ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ވީޒާއާގުޅޭ ހުރިހާ ހިދުމަތްތަކެއް "އޮންލައިން" ކުރެވި، އީ-ވީޒާގެ ހިދުމަތް ތައާރަފުކޮށް މިމަހުގެ 23ގެ ފެށިގެން އީ ވިޒާ ދޫކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. މި އާއެކު އަންނާނެ ބަދަލުތައް އިމިގްރޭޝަނުން މިހާރު ވަނީ އާއްމުކޮށްފައެވެ.
އެގޮތުން ވާކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މިމަހުގެ 23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އެ ބިދޭސީންގެ ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާ އަށް ބަދަލުވާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި، ވާކް ޕާާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާކް ވީޒާއެއް އޮތް ނަމަވެސް، އެ ވީޒާއަކީ "ވެލިޑް" ވީޒާއެއް ކަމުގައި ނުބެލެވޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
އީ ވިޒާއާއެކު އަންނަ ބައެއް ބަދަލުތައް
- ވާކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ "ވެލިޑް" ވާކްކް ވީޒާ ކަމުގައި 2025 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން ބަލާނީ އެ ބިދޭސީންނަށް ދޫކުރެވޭ އީ-ވީޒާ.
- ވާކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކަށް 2025 ނޮވެމްބަރު 23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާކް ވީޒާއެއް ޕާސްޕޯޓުގައި އޮތްނަމަ، 2025 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން އެ ބިދޭސީއެއްގެ ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާ އަށް ބަދަލުވާއިރު އެ ބިދޭސީއެއްގެ އީ-ވީޒާގެ ވެލިޑިޓީ ބިނާވާނީ އެ ބިދޭސީއެއްގެ ވާރކް ޕާމިޓްގެ ވެލިޑިޓީއަށެވެ.
- ވާކް ޕާމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކަށް 2025 ނޮވެމްބަރު 23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، 2025 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން ވާކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށެވެ.
- ރާއްޖޭގައި ވާކް ޕާމިޓް ލިބިގެން މަސައްކަތްކުރާ ބިދޭސީންނަށް 2025 ނޮވެމްބަރު 23 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައިވާ ވާކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، 2025 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން ވާކް ވީޒާގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށެވެ.
- އަލަށް ވާކް ޕާމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ބިދޭސީއެއް ނަމައެވެ.