މިކަން ހާމަވެފައިވަނީ ކަމާބެހޭ ފަރާތްތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. މި ގްރޫޕުން މަސައްކަތް ކުރަމުން ދިޔައީ ބާޒާރުގައި މަޝްހޫރު ބްރޭންޑްތަކުގެ ނަމުގައި ކިރު ޕެކެޓުތައް ބަންދުކޮށްގެން އާންމުންނަށް އޮޅުވާލައިގެން ވިއްކުމަށެވެ.
ދޮންނަ ކުނޑި ބޭނުންކުރަނީ ކިރުގެ އޮލަކަން ހިފެހެއްޓުމަށާއި ގިރާލުމުން އަރާ ފޮނުގަނޑު ގެނައުމަށެވެ. މީގެ އިތުރުން ކިރު ހަލާކުވިޔަ ނުދިނުމަށްޓަކައި ނުރައްކާތެރި ކެމިކަލްތައް ވެސް މިތަކެއްޗަށް އަޅާފައި ހުރިކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. އެތަނުން ފެނުނު ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ހުސް ޕެކެޓާއި ކެމިކަލް ފުޅިތައް ހިމެނެއެވެ.
ވަކިން ހާއްސަކޮށް މިފަދަ ތަކެތި ބޭނުންކުރުމުން ކިޑްނީ ފޭލިވުމާއި، ފުރަމޭގެ ބަލިތައް އަދި ކެންސަރު ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން އިންޒާރުދެ އެވެ. އިންޑިއާގެ ފުޑް ސޭފްޓީ އޮފިޝަލުން ވަނީ އަތުލައިގަތް ތަކެތި ނައްތާލައި، މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ފަށާފަ އެވެ.