ads
ވެލާނާ އެއާޕޯޓްގައި އީ ގޭޓްތައް ހަރުކުރަނީ
ކިއު ކުޑަކުރަން އެއާޕޯޓްގައި އީ ގޭޓް ހަރުކުރަން ފަށައިފި
ވެލާނާ އެއާޕޯޓްގައި ކިއު ކުޑަކުރަން އީ ގޭޓް ހަރުކުރަން ފަށައިފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑާ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަށްޓަކާ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗާތައް ހިމެނޭ އީގޭޓްތައް އެ އެއާޕޯޓުގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންކަމަށެވެ. 

" މިގޭޓުތަކުން އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ބޯޑަރު ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަންނަ އަހަރު ފެށުމުގެ ކުރިން އެރައިވަލް އަދި ޑިޕާޗާ ހިމެނޭހެން ކޮންމެ ޓާމިނަލްއެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކުރެވި ބޭނުންކުރަން ފެށޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި  ރާއްޖޭގެ އެހެނިހެން އިންޓަނޭޝަނަލް އެއާޕޯޓްތަކުގައިވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ވީއައިއޭގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވީ މިއަހަރުގެ މިނިވަންދުވަހުއެވެ. އެއާއި އެކު މިހާރު އެ ޓާމިނަލުން 25 އެއާލައިނަކަށް އަންނަނީ ހިދުމަތް ދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް