މިއީ 2018 ވަނަ އަހަރަށްފަހު އެމްބީއެސް އެމެރިކާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށްވާއިރު، މި ހަފްލާ ފާހަގަކުރެވިގެންދިޔައީ ދުނިޔޭގެ އެންމެ މަޝްހޫރު ޝަހުސިއްޔަތުން އެއްތަނަކުން ފެނިގެންދިޔަ ހަފްލާއެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހާއްސަ ރޭގަނޑުގެ ޖާފަތުގައި ދުނިޔޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިންނާއި ޓެކްނޮލޮޖީ ދާއިރާގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ ތެރޭގައި އީލޮން މަސްކް އާއި، އެމޭޒަންގެ ވެރިޔާ ޖެފް ބެޒޮސް އަދި އެޕަލްގެ ސީއީއޯ ޓިމް ކުކް ހިމެނިވަޑައިގަންނަވައެވެ.
ސައުދީ ވަލީ އަހުދަށް ޓްރަމްޕު ދެއްވި ޖާފަތުގެތެރެއިން
މި ޖާފަތަކީ ދައުލަތުގެ ބަޖެޓުން ހަރަދު ނުކޮށް، އަމިއްލަ ފަރާތްތަކުގެ އެހީގައި ބޭއްވި ހަފްލާއެއްކަން ޓްރަމްޕް ފާހަގަކުރެއްވިއެވެ. މި ހަފްލާގައި ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ބައިވެރިވެވަޑައިގެންނެވިއިރު، އެކަމަނާ ތުރުކުރައްވައިގެން ހުންނެވީ ސައުދީގެ ދިދައާ ގުޅުވައިގެން ފެހިކުލައިގެ ހެދުންކޮޅެކެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާއި ވިޔަފާރިވެރިންނާއެކު ބޭއްވި މި ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.