ads
ޓެކްސީ ޑުރައިވަރުން ކުރި މުޒާހަރާގެ ތެރެއިން : ފޮޓޯ ސީއެންއެމް
ޓެކްސީތަކުގައި މީޓަރު ހަރުކުރޭ، ޓެކްސީ ލައިން ވާނީ ފެއިލް : ޑްރައިވަރުން
ޓެކްސީ މައްސަލަތަަކަށް އެންމެ ރަނގަޅު ހައްލަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުންކަމަށާއި ސަރުކާރުން ފަށާ ޓެކްސީ ލައިން ވާނީ ފެއިލްކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.
Advertisement

ސަރުކާރުން ފަށާ ޓެކްސީގެ ލައިންގެ ހިދުމަތް އަންނަ ފެބްރުއަރީ މަހު ފަށާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ސަރުކާރަށް ދެ އަހަރު ފުރިގެން މިމަހުގެ 17 ވަނަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވިދާޅުވެފައެވެ. އަދި މިހާރު ކުރިޔަށް ދަނީ ރާއްޖަށް ބޭނުންވާ ޓެކްސީތައް ތައްޔާރުކުރުމުގެ މަސައްކަތްކަމަށް އެމަނިކުފާނު އެރޭ ވިދާޅުވިއެވެ.

ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަވުމެއްގައި ވާހަކަ ދައްކަމުން އެ އެސޯސިއޭޝަންގެ މެމްބަރު އިބްރާހީމް ނިޔާޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ޓެކްސީ ޑްރައިވަރުން ބާކީކޮށް މަގުމަތިކޮށްލުމަށްކަމަށެވެ. އަދި ސަރުކާރުގެ ޓެކްސީ ލައިން ކަންތަކުގައި ޑްރައިވަރުންނާއި އެއްވެސް މަޝްވަރާއެއް ނުކުރާތާ އެކަމާއި ގުޅޭ ކަންކަން ކުރަމުން އަންނަނީވެސް ސިއްރުންކަމަށް އޭނާ ބުންޏެވެ. 

ނިޔާޒު ބުނީ ޓެކްސީ މައްސަލަ ހައްލުކުރުމަށްކަމަށް ބުނެ އިތުރު ޓެކްސީތަކެއް ގެނައި ނަމަވެސް އެ މައްސަލަ ހައްލެއް ނުވާނެކަމަށެވެ. އަދި ސަރުކާރުން ފަށަން އުޅޭ ޓެކްސީ ލައިން ވަނީ ފެއިލްކަމަށާއި އެންމެ ރަގަޅު ގޮތަކީ ޓެކްސީތަކުގައި މީޓަރު ހަރުކުރުންކަމަށެވެ. 

" ޓެކްސީ ފްލީޓް ވާނީ ފެއިލް. ޑްރައިވަރުންގެ ބަހެއް ނެތި، ޑްރައިވަރުންގެ މަޝްވަރާއެއް ނެތި ޓެކްސީގެ މައްސަލަ ހައްލެއް ނުކުރެވޭނެ އިތުރުކުރެވޭ ކާރުތަކަކުން ވެސް. މިތަނަށް އެންމެ ފީސިބަލް ވާނީ ޓެކްސީ މީޓަރު ތައާރަފުކުރުން. 2014 ވަނަ އަހަރު އަޅުގަނޑުމެން އޮންނާނީ އެކަމާ ގުޅޭގޮތުން ސާވޭއެއް ވެސް ކޮށްފައި." ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނިޔާޒު މިއަދު ބުންޏެވެ.

ނިޔާޒު ބުނީ މިހާރު އިއުލާނުކޮށްފައިވާ ގޮތަށް ޓެކްސީ ޑްރައިވަރުން ނެގުމުގެ ކަންކަމަކީ ސަރުކާރުން ހިންގާ 'ސްކޭމް'އެއް ކަމަށެވެ.

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން މިއަދު ވަނީ  އިއުލާންކޮށްފައެވެ. 

ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން 100 ކާރު ގެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް