ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ މި ސެޓިފިކެޓް ދިރާގުން ހޯދުމާ އެކު، އެ ކުންފުނި ވެފައިވަނީ އޭޝިއާ ސަރަހައްދުގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ތެރެއިން ވެސް މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ މާހައުލެއް އޮތް މަދު ކުންފުނިތަކުގެ ތެރޭގައެވެ. އަދި މިއީ ރާއްޖޭގައި ވެސް މި ޝަރަފު މިހާރު ހޯދާފައިވާ މަދު ކުންފުނިތަކުގެ ތެރެއިން އެއް ތަނެވެ.
އޭޝިއާގެ ޓެލެކޮމް ކުންފުނިތަކުގެ ތެރެއިން "ގްރޭޓް ޕްލޭސް ޓު ވޯކް" ގެ ޝަރަފު ދިރާގަށް
ދިރާގުގެ މުވައްޒަފުންގެ 99 ޕަސަންޓަކީ ދިވެހިން ކަމަށްވާއިރު، އެ ކުންފުނިން ގެންގުޅެނީ މަސައްކަތާއި ދިރިއުޅުމުގެ ހަމަހަމަކަން ނުވަތަ "ވޯކް ލައިފް ބެލެންސް" އަށް އިސްކަންދޭ ސިޔާސަތެކެވެ. އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިރެކްޓަރު އަޒްހާ ޒަމީރު ވިދާޅުވި ގޮތުގައި މިއީ އެންމެން ގުޅިގެން ބިނާކޮށްފައިވާ ސަގާފަތެއްގެ ނަތީޖާއެވެ.
މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ހުނަރު ތަރައްގީ ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ދިރާގުން ހިންގަމުންދާއިރު، އެ ތަނުގައި އޮންނަނީ އެކަކު އަނެކަކަށް އެހީތެރިވެދޭ، އެންމެން ޝާމިލުވާ ފަހި ވެއްޓެކެވެ.