މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ފޮޓޯތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މި ހަފްލާ ބާއްވާފައި ވަނީ ސަލްމާން ހާންގެ ކޮއްކޮ، ސޮހެއިލް ހާންގެ ގޭގައެވެ. އާންމުވެފައިވާ ފޮޓޯތަކުން، މި ދެމަފިރިން އެކުގައި ކޭކު ފަޅާއިރު، ސަލީމް ހާން އޭނާގެ އަނބިކަނބަލުން ސަލްމާގެ އަތުގައި ހިފަހައްޓައިގެން ހުރި މަންޒަރު ފެނެއެވެ. މުޅި އާއިލާގެ މެންބަރުންގެ މޫނުމަތިން ފެނިގެން ދަނީ އުފާވެރިކަމާއި އެކުވެރިކަމެވެ.
މި ހަފްލާގައި ސަލީމް ހާން އާއި ސަލްމާ ހާންގެ ދަރިން ކަމަށްވާ އަރްޕިތާ ހާން އާއި އޭނާގެ ފިރިމީހާ އާޔުޝް ޝަރުމާ ބައިވެރިވިއެވެ. މީގެ އިތުރުން، އަލްވީރާ އަގްނިހޯތްރީ އާއި އޭނާގެ ފިރިމީހާ އަޓުލް އަދި އެ ދެމަފިރިންގެ ދަރިފުޅު އަލީޒޭ ވެސް މި އާއިލީ ހަފްލާގައި ބައިވެރިވެފައިވެއެވެ.