ads
ނާގޯށި
ނާގޯށީގައި ރިސޯޓް ހެދުމުގެ މަސައްކަތް ފެށުމަށް މީހުން ހޯދަނީ
ހދ އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށްޓަކާ، އެއަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ.
Advertisement

ނާގޯށީގެ ޓްއަރިޒަމް ފެށުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމް.ޓީ.ޑީ.ސީން ނެވެ. އެކުންފުނިން ވަނީ އެރަށުގައި ރިސޯޓް ހެދުމަށް އެކި މަސައްކަތްތަކަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ. 

މީހުން ހޯދާ މަގާމްތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރުންނާއި، ކޮންސްޓްރަކްޝަން މެނޭޖަރާއި، ޕްލޭނިން މެނޭޖަރާއި، ސާވޭކުރާ މީހުންނާއި ، ސައިޓް އިންޖިނިއަރުންނާއި އެޗްއެސްސީ އިންޖިނިއަރުންނާއި، ޕްރޮކިއުމަންޓް އޮފިސަރުން ހިމެނެެއެވެ. 

މި މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އެމްޓީޑީސީގެ[email protected] އަށް ސީވީ އާއި ސެޓްފިކެޓްތަކުގެ ކޮޕީ ފޮނުވުމަށް އެމްޓީޑީސީން ބުނެއެވެ.

ނާގޯށީގެ މަސައްކަތް ފެށުމަށް ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދެއްވައިގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށް މިއަހަރުގެ އޮގްސްޓްްމަހުގެ ރައީސް މުއިއްޒު ވިދާޅުވިއެވެ. 

އެމްޓީޑީސީން ނާގޯށި ތަރައްގީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ނާގޯށި ފުރަތަމަ ހުޅުވިގެންދާއިރު 183 ކޮޓަރި ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 100 ވޯޓާ ވިލާ އާއި 83 ބީޗް ވިލާއެވެ.  

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒް މީގެ ކުރިން ވިދާޅުވެފައިވަނީ އެ ކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ ފިނި މޫސުމަށް ނާގޯށީގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައުމަށްކަމަށެވެ. އަދި މި އަހަރުގެ ޖޫން ނުވަތަ ޖުލައިމަހުގެ ތެރޭގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް އޭރު ނިޔާޒު ވިދާޅުވިއެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް