ads
މާރާމާރީއެއް ފޮޓޯ ސޯޝަލް މީޑިއާ
ގްރޫޕު މާރާމާރީއަކަށް ތައްޔާރުވެގެން ތިބި ދެ މީހަކު ކަޓަރަކާ އެކު ހައްޔަރުކޮށްފި
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގްރޫޕު މާރާމާރީއެއް ހިންގަން ތައްޔާރުވެގެން ތިބި ދެ މީހަކު ކަޓަރަކާ އެކު ހައްޔަރުކޮށްފިއެވެ.
Advertisement

މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ.

މި މީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތުން، އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ މީހުން ދުއްވި ސައިކަލުގެ މަޑިދަށުން ކަޓަރެއް ފެނިފައިވެއެވެ. އަދި އެ ކަޓަރަކީ މީހެއްގެ ގަޔަށް ޖަހަން ގެންގުޅުނު އެއްޗެއް ކަމަށް އެ ތަނުން އެކަކު ސީންމަތީގައި ފުލުހުންގެ ގާތުގައި އެއްބަސްވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ނުވަތަ ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ތުހުމަތެވެ. މި މައްސަލައިގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް ބަންދުގައި ބައިތިއްބަން ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;