ads
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފްރޫމް ސަރަހައްދުގައި އަލިފާން ރޯވެފައި - ފޮޓޯ: ސޯޝަލް މީޑިއާ/ އައްސާން
ގއ. އަތޮޅު ސްކޫލުގެ ކިޔެވުން ނުހުއްޓި ކުރިއަށް ގެންދެވޭނެ: މިނިސްޓަރު
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޯވި ނަމަވެސް އެ ސްކޫލުގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސާނެކަމަށް އެޑިކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement

އެ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިންގަން ފެށީ ރޭ 12 ހާއިރު އެވެ. އަލިފާން އެންމެ ފުރަތަމަ ރޯވީ، އެ ސްކޫލްގެ މެދުގައި ހުންނަ ދެ ކްލާސް ރޫމާއި ސްޓާފް ރޫމް ހުންނަ އިމާރާތުގަ އެވެ.

އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް މިހާރު އަނދާފައިވާއިރު، އަލިފާން ނުނިއްވި ވަރަށް ބޮޑަށް ދިޔައީ ފެތުރެމުންނެވެ. ވިލިނގިއްޔަކީ އެމްއެންޑީއެފްގެ ފަޔާ އެންޑަ ރެސްކިއުގެ ހިދުމަތް ލިބޭ ރަށެއް ނޫނެވެ.

އަލިފާން ކޮންޓްރޯލް ކުރެވުނީ ރޭ ދަނވަރު 2:00ޖެހި ފަހުންނެވެ. 

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި މިއީ ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަމެވެ.

އެ ހާދިސާގައި ސްކޫލްގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފް ރޫމާއި، ޕްރިންޓިން ރޫމާއި އެއް ކުލާސްރޫމް ވަނީ އަނދައިފަ އެވެ. މިނިސްޓަރު ވިދާޅުވީ އަންނަ ހަފުތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމުގެ މެޝިންތަކާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ކިޔެވުން ނުހުއްޓޭނެފަދަ ގޮތަށް ސްކޫލުގެ ކަންކަން އިންތިޒާމު ކުރާނެކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;