އޮޑިޓް އޮފީހުން ވަނީ އެންޑީއެމްއޭގެ މިދިޔަ ހަތަރު އަހަރުގެ އޮޑިޓް ރިޕޯޓް ނެރެފައެވެ. އެ ރިޕޯޓްގައި ބުނީ 2021 އިން މިދިޔަ އަހަރުގެ ނިޔަލަށް ކާރިސާތަކާއި ގުޅިގެން ލިބޭ ގެއްލުމަށް އަމިއްލަ ފަރާތްތަކަށްދޭ އެހީގެ ފައިސާގެ ގޮތުގައި 24،409،337 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކާރިސާތަކުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެންމެ ބޮޑު އަދަދަކުން ފައިސާ ހޭދަކޮށްފައިވަނީ މިދިޔަ އަހަރުއެވެ.
ކާރިސާތަކުން ލިބުނު ގެއްލުންތަކަށް އެންޑީއެމްއޭއިން މިދިޔަ 4 އަހަރު ފައިސާދިން އަދަދު
އޮޑިޓް އޮފީހުން ބުނީ އެންޑީއެމްއޭ އިން ހަރަދުކޮށްފައިވަނި މާލިއްޔަތު ގާނޫނާއި އަދި އެނޫންވެސް ގާނޫނުތަކާއި އެއްގޮތަށް ކަމަށެވެ. އަދި އެ ހަރަދުތައް ކޮށްފައިވަނީ ފާސްކޮށްދިން ބަޖެޓުންކަމަށްވެސް އޮޑިޓް އޮފީހުން ބުނެއެވެ.