ads
ޓްރީޓޮޕް ހޮސްޕިޓަލް
ފިރިހެނުންގެ ދުވަހަށް ހާއްސަކޮށް ޓްރީ ޓޮޕްގެ "ވެލް މޭލް" ޕެކޭޖަށް ޑިސްކައުންޓެއް
އިންޓަނޭޝަނަލް ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފިރިހެނުންގެ ސިއްހަތަށް ހާއްސަކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ދެމުން އަންނަ "ވެލް މޭލް ޕެކޭޖަ"ށް ހާއްސަ ޑިސްކައުންޓެއް ދޭން އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
Advertisement

ޓްރީ ޓޮޕުން މައުލޫމާތު ދިން ގޮތުގައި، ފިރިހެނުންގެ ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ފެށި މި ޕްރޮމޯޝަން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުއްދަތުގެ ތެރޭގައި އެ ޕެކޭޖުން 20 ޕަސަންޓުގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން، އާންމުކޮށް 5،900 ރުފިޔާއަށް ލިބޭ މި ޕެކޭޖް، ޑިސްކައުންޓާ އެކު 4،720 ރުފިޔާއަށް ލިބޭނެއެވެ. އުމުރުން 18 އަހަރުން މަތީގެ ކޮންމެ ފިރިހެނަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕެކޭޖުގައި ޑޮކްޓަރަށް ދެއްކުމާއި، މެޑިކަލް ހިސްޓްރީ ބެލުމާއި، ބީއެމްއައި އަދި ލޭގެ ޕްރެޝަރު ޗެކްކުރުން ފަދަ އާންމު ޓެސްޓުތައް ހިމެނެއެވެ. އަދި އޭގެ އިތުރުން ރޭޑިއޮލޮޖީގެ ހިދުމަތްތަކުގެ ތެރެއިން މޭގެ އެކްސް-ރޭ، އީސީޖީ އަދި ބަނޑުގެ އަލްޓްރާސައުންޑް ސްކޭން ވެސް މި ޕެކޭޖުގެ ތެރޭގައި ހަދައިދޭނެއެވެ.

މީގެ އިތުރުން، ކްލިނިކަލް ޑައިޓީޝަނަކާ އެކު ނިއުޓްރިޝަނަލް ސްކްރީނިން ހެދުމާއި، ހަށިގަނޑުގެ އެތެރޭގެ މުހިންމު ގުނަވަންތަކުގެ ހާލަތު ދެނެގަތުމަށް ހަދާ ފުޅާ ދާއިރާއެއްގެ ލެބޯޓްރީ ޓެސްޓުތަކެއް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އޭގެ ތެރޭގައި މެޓަބޮލިކް ހެލްތާއި، ފުރަމޭ، ކުޑަކަމުދާ ނިޒާމު އަދި ޕްރޮސްޓޭޓް ހެލްތު ޗެކްކުރުން ހިމެނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ހުރިހާ ޓެސްޓުތަކެއްގެ ނަތީޖާ، ޑޮކްޓަރަކާ އެކު ބާއްވާ ބައްދަލުވުމެއްގައި ރިވިއު ކޮށްދޭނެއެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމަންޓް ހެއްދުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް