މި މައްސަލާައި ހައްޔަރުކޮށްފައިވަނީ އެތަނުގެ މުވައްޒަފެއްކަމަށްވާ އުމުރުން 51 އަހަރުގެ މުހައްމަދު ފަސީހު ސ. ފޭދޫ، ފްލޮރިޑާ އެވެ.
ފުލުހުން ބުނީ މި މީހާ ހައްޔަރުކުރީ އެންޑީއޭ އިން އެ މައްސަލަ ހުށަހެޅުމުންކަމަށެެވެ. އަދި އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އިދާރާއިން ފުލުހުންނަށް ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މިހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދުކަމަށް ފުލުހުން ބުނެއެވެ. މި މީހަކީ އެންޑީއޭގައި ޕިއާ މެންޓާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ.
ފުލުހުން މި މިހާ ހައްޔަރުކޮށްފައި މިވަނީ މި ވާހަކަތައް ދާދީ ފަހުން ސޯޝަލް މީޑިއާގައި ފެންމަތިވެ އެ ވާހަކަތައް މީހަކު ދައްކާފައި ވަނިކޮށެވެ. އެ މީހާއަށް ސޯޝަލް މީޑިއާގައި ބުނީ އެންޑީއޭގެ މި މުވައްޒަފު ޖިންސީ ގޯނާކޮށް ބަރަހަނާ މަންޒަރު ވީޑިއޯކުރާ ކަމަށެވެ.