ads
ކޯރަސްގެ އެވޯޑާ އެކު ބީއެމްއެލްގެ ސީއީއޯ ޝަރީފް ހަވާލުވެވަޑައިގަންނަވަނީ.
މާލީ ބައިވެރިވުން އިތުރުކުރަން ކުރާ މަސައްކަތަށް ބީއެމްއެލް އަށް އެވޯޑެއް
މާލީ ބައިވެރިވުން އިތުރުކުރަން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން "އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދީފިއެވެ.
Advertisement

ބޭންކަށް މި އެވޯޑު ދީފައި ވަނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިންގ ހިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރުކުރުމަށް ކުރެވުނު ހަރުދަނާ މަސައްކަތަށެވެ. ބޭންކުން މި މަޝްރޫއު ނިންމާލާފައި ވަނީ 28 އޮކްޓޫބަރު 2025 ގައެވެ. މި މުހިންމު މަޝްރޫއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް-ސަރވިސް ބޭންކިން ހިދުމަތް ބީއެމްއެލް އިން ވަނީ ގާއިމުކޮށްފަ އެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓައި، އެތައްހާސް ދިވެހީންނަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ގާއިމުކޮށްފައި ވެއެވެ.

your imageދުބާއީގައި ބޭއްވި ރީއިންވެންޓް ފޯރަމް 2025" ފޯރަމްގައި ބީއެމްއެލްގެ ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަަހަދަކަށް އެ ބެންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، ކޯރަސްގެ އެވޯޑު ލިބުމަކީ ބީއެމްއެލް އަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި މިކަމުން ހާމަވަނީ އެ މަޝްރޫއުގެ މުހިންމު ކަމާއި ބޭނުންތެރިކަން ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް އަދި އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ހިދުމަތެއް ފޯރުކޮށްދިނުން،" ޝަރީފް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޯރަސްއަކީ މާލީ ދާއިރާގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. މީގެ އިތުރުން، ކޯރަސްއަކީ ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ 1200 މާލީ އިދާރާގެ ފުރިހަމަ ތާއީދު ލިބިފައިވާ ބްރޭންޑެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު، 20 އަތޮޅުގައި 42 ބްރާންޗާއި 202 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 262 އޭޓީއެމް ބީއެމްއެލްއިން ވަނީ ގާއިމުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް