"ޒުވާނުންގެ ވެހި" ނަމުގައި ހުޅުވި މި ތާރޑް ސްޕޭސް ގާއިމުކޮށްފައިވަނީ ލިލީމަގުގައި ހުންނަ، މުލިއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތާއި ގޯތީގަ އެވެ.
މިތަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ޒުވާނުން ބަރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހީމް ވަހީދާއި ދައުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ތަނުގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ބޫޓް ކޭމްޕްތަކާއި ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ވާޗުއަލް ރިއަލިޓީ ޓްރެއިނިން ހިމެނެ އެވެ.
އަދި މި ކޮންސެޕްޓުގައި، ރާއްޖެއަށް ހާއްސަ ކާބޯތަކެތި (ލޯކަލް ކުއިޒިން) ވިއްކުމަށާއި، އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކާބޯތަކެތި ވިއްކާ ފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމާއި، ސިއްހަތަށް ފައިދާހުރި ކެއުންތައް ޕްރޮމޯޓްކުރާ، ކެފެޓޭރިއާއެއް ހިމެނުމަށްވެސް ހުށަހަޅާފައި ވެއެވެ.