ads
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުއޫދު
ހައި ކޯޓުގެ ފަސް ފަނޑިޔާރުން ވަކިކުރަން އުޅުމަކީ ސިޔާސީ ރޭވުމެއް: ސުއޫދު
ހައި ކޯޓުގެ ބެންޗުގައި ތިއްބެވި 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ މައްސަލަ ބަލައި، އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ކުރަމުންދާ މަސައްކަތަކީ ސިޔާސީ މަގުސަދެއްގައި ރާވައިގެން ހިންގާ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
Advertisement

ސުއޫދު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޝަރުއީ ނިޒާމު އެއްކޮށް ކޮންޓްރޯލްކޮށް، ސަރުކާރުގެ މުށުތެރެއަށް ކޯޓުތައް ގެނައުމަށެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު މަގާމުން ދުރުކޮށް، ސަރުކާރަށް ވަފާތެރި ބަޔަކު އެ މަގާމުތަކަށް އައްޔަން ކޮށްފަ އެވެ. 

"މިހާރު ފެންނަމުންދަނީ ހައި ކޯޓުގެ އެންމެ ގާބިލު ފަސް ފަނޑިޔާރުންނާއި ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، ގާބިލުކަން ނެތް ބަޔަކު ލައިގެން ބާރުތައް ހިފެހެއްޓުމަށް ރާވައިގެން ކުރާ ކަމެއް،" ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ދަނޑިވަޅެއްގައި، ސުއޫދު ވިދާޅުވީ އެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ހަދަހަދައިގެން އުފައްދާފައިވާ ސިޔާސީ ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ ކޯޓުތަކުގައި މިނިވަންކަމާ އެކު މަސައްކަތްކުރާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ހިންގާ ޖަރީމާތަކެއް ކަމަށް ވިދާޅުވެ، ޝަރުއީ މުއައްސަސާތަކަށް މިއަށްވުރެ ރަނގަޅު ގޮތްތަކެއް ހައްގުވާކަމަށް ސުއޫދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް