ads
ނޯރާ އަދި ޝްރަދާ އަދި އޯރީ
252 ކްރޯޑު ރުޕީސްގެ ޑްރަގް މައްސަލަ އެއްގެ ތުހުމަތު އޯރީ، ނޯރާ އަދި ޝްރަދާ އަށް
އިންޑިއާގެ މުމްބާއީގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 252 ކްރޯޑު ރުޕީސްގެ މައްސަލައަކާ ގުޅިގެން، ސޯޝަލް މީޑިއާގައި މަޝްހޫރު އޯރީ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ. މުމްބާއީ ޕޮލިސްގެ އެންޓި ނާކޮޓިކްސް ސެލް (އޭއެންސީ) އިން ބަލަމުން އަންނަ މި މައްސަލައިގައި، ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ނޯރާ ފަތޭހީ އާއި ޝްރަދާ ކަޕޫރު ފަދަ ތަރިންނަށް ވެސް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
Advertisement

މިއީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވާ ޕާޓީތަކަށް ބައިނަލްއަގްވާމީ ނެޓްވޯކަކުން މަސްތުވާތަކެތި ސަޕްލައިކުރުމާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ މައްސަލައެކެވެ.

މި މައްސަލައިގެ ފެށުމަކީ މިދިޔަ އަހަރުގެ މާޗު މަހު މަހާރާޝްތުރާގެ ސާންގްލީގައި ހިންގި އޮޕަރޭޝަނެއްގައި 126 ކިލޯގެ މެފެޑްރޯން އަތުލައިގަތުމެވެ. މި މައްސަލައިގައި ހައްޔަރުކުރި، "ލަވިޝް" ގެ ނަމުން މަޝްހޫރުވެފައިވާ ޑްރަގް ޓްރެފިކަރަކު ދިން މައުލޫމާތުން އެނގިފައިވާ ގޮތުގައި، މުމްބާއީ އާއި ގޯއާ އަދި ދުބާއީގައި ބާއްވާ ބޮޑެތި ޕާޓީތަކަށް އޭނާ ވަނީ މަސްތުވާތަކެތި ސަޕްލައިކޮށްދީފައެވެ. ތަހުގީގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕާޓީތަކުގައި ނޯރާ އާއި ޝްރަދާގެ އިތުރުން، މަޝްހޫރު ޑައިރެކްޓަރު އައްބާސް މުސްތާން އަދި ރެޕާ ލޯކާ ފަދަ ފަރާތްތައް ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން އޯރީ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ނޮވެމްބަރު 21 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މުމްބާއީ ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ ތުހުމަތުކުރެވޭ ފަރާތްތަކުގެ ކޯލް ރެކޯޑުތަކާއި، ވަޓްސްއެޕް ޗެޓްތައް އަދި ފައިސާގެ މުއާމަލާތްތައް ބެލުމުގެ މަސައްކަތެވެ. މިކަމުގައި އެހެން ބައެއް ތަރިންނާ ސުވާލުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް ސުވާލުކުރުމަށް ހާޒިރުކުރުމަކީ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވުން ނޫން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް