ads
ޓުޓިކޮރިންއިން ކުޅުދުއްފުއްޓަށް މުދާ ހިފައިގެން އައި ބޯޓުން މުދާ ބާލަނީ
ޓުޓިކޮރިންއިން ކުޅުދުއްފުއްޓަށް މުދާ ގެންނަނީ، ފުރަތަމަ ބޯޓް އަތުއްވެއްޖެ
އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މުދާ ގެންނަން ފަށައިފިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް ( އިން ބުނެފިއެވެ.
Advertisement

އެމްޕީއެލްއިން ބުނީ އިންޑިއާގެ ޓޫޓިކޯރިން އިން ޖެނެރަލް ކާގޯ ހިފައިގެން އައި ބޯޓް ވީބީ ޕްރޮގްރެސް ކުޅުދުއްފުށްޓަށް ވަދެ ބަނދަރުކޮށްފައިވާކަމަށެވެ. 

މި ބޯޓުން ރާއްޖެ ގެނެސްފައިވަނީ އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ގެނައި ބައެއް މުދަލާއި އަމިއްލަ ވިޔަފާރިވެރިއެއް ރާއްޖެ އެތެރެކުރި ކާބޯތަކެތީގެ ބާވަތްތައްކަމަށެވެ. މި ބޯޓުން 127 ޓަނުގެ މުދާ ގެނައިކަމަށް އެމްޕީއެލުން ބުނެއެވެ. 

އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މަހަކު އެއް ފަހަރު މުދާ ގެނައުމަށް ޝެޑިއުލްކޮށްފައިވާކަމަށް އެމްޕީއެލުން ބުނެއެވެ. އެހެންނަމަވެސް އެ ދަތުރު އަޅާނީ ޑިމާންޑް އޮންނަ ވަރަކަށް ބަލައިގެންކަމަށްވެސް އެ ކުންފުނިން ބުނެއެވެ. 

އެމްޕީއެލުން ބުނީ މި ފެށުމަކީ ސަރަހައްދީ ބަނދަރުތަކުގައި ހިންގާ އޮޕަރޭޝަންތައް އިތުރުކޮށް، އަތޮޅުތަކުގެ ވިޔަފާރި ކުރިއެރުވުމަށް އެމްޕީއެލްއިން ކުރާ މަސައްކަތް ހާމަކޮށްދޭ ކަމެއްކަމަށެވެ. 

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި އިންޑިއާގެ ކޮޗިން އިން ކުޅުދުއްފުއްޓަށް މަުދާ ފެރީގެ ހިދުމަތް ފެށިއެވެ. އޭގެ އެންމެ ފުރަތަމަ ފެރީ ރާއްޖެ އައީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އެ ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގްއެވެ. އެހެންނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އެ ފެރީގެ ހިދުމަތް ވަނީ ހުއްޓިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް