ads
ތ. ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވުމުގެ ތެރެއިން
ވޭމަންޑޫގައި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި
ވޭމަންޑޫގައި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި އެވެ.
Advertisement

ތ. ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރ އަލްއުސްތާދު އަބްދުﷲ ސައުދާން އެވެ.

މިރަސްމިއްޔާތުގައި ތ އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި އައުޓްރީޗް ސެންޓަރުގައި 2 ކްލާސް ރޫމާއި އޮފީސް ބައެއް ހިމެނޭކަމަށް އިސްލާމިކް މިނިސްޓަރީން ވަނީ ފާހަގަ ކޮށްފައި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ނޮވެންބަރު މަހުގެ ތެރޭގައި ކީރިތި ގުރްއާނާ ބެހޭ ގައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ތ.ވޭމަންޑޫ ގައި ހުޅުވައިދެއްވާނެކަމަށް ވަނީ ކުރިން ވައުދުވެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް