ads
މޯލްޑިވިއަންގެ އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް
ލަންކާއަށް ދަތުރު ކުރާ ފަރާތަކަށް މޯލްޑިވިއަންގެ ފަރާތުން އުފާވެރި ހަބަރެއް
ލަންކާ އަށް ދަތުރު ކުރާ ފަރާތަކަށް އަންނަ މަހުގެ ދެ ދުވަހެއްްގައި އަގު ހެޔޮކޮށް ދަތުރު ކުރެވޭ ޕްރޮމޯޝަނެއް މޯލްޑިވިއަން އިން ފަށައިފި އެވެ.
Advertisement

މޯލްޑިވިއަން ގެ ޝޯސަލް މީޑިޔާގައި ކޮށްފައި އިން ޕޯސްޓެއްގައި ވާ ގޮތުން އަންނަ މަހުގެ ހަތް ވަނަ އަދި ނުވަ ވަނަ ދުވަހު ހާއްސަ ރޭޓެއްގައި ލަންކާ އަށް ދަތުުރު ކުރެވޭނެ ކަމުގަ އެވެ.

އެ ގޮތުން ލަންކާ އަށް 99 ޑޮލަރަށް މި ދެ ދުވަހު ދެވޭނެ ކަމަށް އެ އެއާ ލައިން ވަނީ ބުނެފައި އެވެ.

މި ޕްރޮމޯޝަންގެ ދަށުން 35 ކިލޯގެ ބެގޭޖް އެއް ގެންދެވޭނެ ކަމަށް އެ އެއާލައިން ފާހަގަކުރެ  އެވެ.

މޯލްޑިވިއަން އިން ނިންމާފައި ވަނީ 152 މީހުންގެ ޖާގައިގެ A-320 ގެ މަތިންދާބޯޓުގައި ބާއްވުމަށެެވެ.

ކުޑަ މެދު ކެނޑުމަކަށް ފަހު މޯލްޑިވިއަން އިން ލަންކާ އަށް ކުރާ ދަތުރުތައް ފަށާފައިވަނީ މި ދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކަން ފާހަގަ ކޮށްލަން ޖެހެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް