ކޮންމެ އަހަރަކުވެސް ދިވެހި ހައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ބޭފުޅަކު ކަނޑައަޅުއްވަ އެވެ.
ސަރުކާރުން ބުނީ މި އަހަރު ހައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ހައްޖުވެރިންގެ ފަހު ގްރޫޕު ފުރާފައިވަނީ މިއަދު މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިހާރު ހައްޖަށް ގޮސްފައިވާ ހުރިހާ ހާޖީން އުމްރާގެ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިއަދު ފުރާ ހައްޖުވެރިންވެސް މިއަދު ހަވީރު އުމްރާގެ އަޅުކަން ނިންމާލެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;