ads
ފުލުހުންގެ މައި އޮފީސް، ޝަހީދު ހުސެއިން އާދަމް ބިލްޑިން
ފުލުހުންގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުން ބަލައިނުގަނެވޭ: ފުލުހުން
ފުލުހުންގެ މައްޗަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުން ބަލައިނުގަނެވޭނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
Advertisement

އެ އިދާރާއިން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތި ގެއްލުން ނުވަތަ ގެއްލުވާލުމުގައި ސާމިލްވާ ފުލުހުންގެ އިދާރާގައި ވަޒީފާ އަދާކުރާ ފަރާތައް ހޯދާ އެމީހުންނާއި ދެ ކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި އެވެ.

ފުލުހުން ނެރުން ނޫސްބަޔާނުގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމުގަ އެވެ.

"މިފަދަ ކަންކަމުގައިި ބައިވެރިވެފައިވާ ފަރާތެއް ނުވަތަ ފަރާތަށް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މިހާރުވެސް ކުރަމުން އެބަ ދޭ" ފުލުހުން ބުނި އެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ ހުރުމަތް ކަނޑާލާ އާންމުން ރައްޔިތުން އެ އިދާރާއަށް ކުރަމުން އަންނަ އިތުބާރު ގެއްލޭ ފަދަ ކަންކަން ކުރާ އެއްވެސް މުވައްޒިފަކަށް އެ އިދާރާއިން އިތުރު ފުރުސަތެއް ނުދޭނެ ކަމުގަ އެވެ.

ފުލުހުންގެ ހުރިހާ މުވައްޒަފުންނަކީ ވެސް ޖަވާބުދާރީވުމާއި ނަޒާހާތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކު ދެމިތިބޭ އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ އެ މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުން އަންނަ މައިގަނޑު އަމާޒު ކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ

ފުލުހުން މި ބަޔާން ނެރެފައި މި ވަނީ ވިލިމާލޭ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ފުލުހުންގެ ބެލުމުގެދަށުގައި ހުރި ހަ ކާޓޫން ސިނގިރޭޓް ގެއްލުނު މައްސަލަ ފެންމަތިވުމާއި ގުޅިގެން ނެވެ.

މިއަދު ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި ގާނޫނާއި ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ އޭގެ ތެރެއިން ހަ ކާޓަން މަދުވެފައިވާ ކަމަށާއި އެ ކަމާއި ގުޅިގެން ކުރިޔަށް ގެންދަން ޖެހޭ ތަހުގީގުތައް ކުރިޔަށްދާ ކަމުގަ އެވެ. 

މީގެ އިތުރުން މި މައްސަލަގައި ކަން ހިންގާފައިވާ ގޮތް ބެލުމަށް ތަހުގީގު ކުރަމުން ދަނިކޮށް ވިލިމާލޭ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި އިތުރު 25 ކާޓަންވެސް މަދުވެފައިވާ ކަންވެސް ފާހަގަ ވެފައިވާ ކަމަށް ފުލުހުން ބުނި އެވެ. 

މި 25 ކާޓަން އަކީ 23 ޑިސެމްބަރު 2024 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ހޯދައިގެން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސްފައިވާ ސިނގިރޭޓްތަކެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.

މި މައްސަލަތަކާއި ގުޅިގެން އިދާރީ މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑް އިން ބަލަމުން އަންނަ ކަމަށާއި މި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެ އެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް