ads
މި ހޮސްޕިޓަލުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައި
ހއ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
މި ހޮސްޕިޓަލުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައި
ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
Advertisement

ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ނިންމާ، މި އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 185.6 މިލިޔަން ރުފިޔާއަށެވެ. 

މި މަޝްރޫއުގެ ދަށުން 50 އެނދުގެ ފަސް ބުރީގެ އާ ހޮސްޕިޓަލް އިމާރާތެއް އަޅާނެ އެވެ. މި ހޮސްޕިޓަލުގައި އައިސޮލޭޝަން ފެސިލިޓީއާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓް، އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޮގްރަފީ، އަލްޓްރާސައުންޑް ސްކޭން ހިމެނޭހެން ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން އެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓެއް ވެސް ހިމެނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް