ads
އަމީނިއްޔާގެ ނަމުގައި ދައުރުވާ މެސެޖު: ފުލުހުން ވަނީ މިފަދަ މެސެޖުތަކަށް ސަމާލުވާން އެދިފައި - ފޮޓޯ ސްކްރީންޝޮޓް: ފުލުހުން
ސްކޭމެއް ދައުރުވަނީ، މިފަހަރު އަމީނިއްޔާ ސްކޫލުގެ ނަމުގައި
"އަމީނިއްޔާ"ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
Advertisement

ފުލުހުން ބުނީ "އަމީނިއްޔާ"ގެ ނަމުގައި ކަސްޓަމްސްގައި އޯޑަރެއް ހިފަހައްޓާފައިވާ ކަމަށް ބުނެ ލިންކެއް ހިމެނޭ މެސެޖެއް ގިނަ ބަޔަކަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކަސްޓަމުން އެ އޯޑަރު ދޫކުރުމަށް ފައިސާ ދެއްކުމަށް ވެސް އެ މެސެޖުގައިވެ އެވެ.

އެކި ނަންނަމުގައި ފޯނަށް ލިންކުތައް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ފޭރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތަށް ގޮތްނޭނގޭ ފަރާތްތަކުން މެސެޖު ފޮނުވަމުން ދަނީ، އެކި ވިޔަފާރިތަކާއި ސަރުކާރުގެ އިދާރާތަކުގެ ނަމުގައެވެ. 

މިފަދަ ސްކޭމްތަކުގައި ޖެހޭ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެ އެވެ. އެެހެންވެ، ސްކޭމްތަކަށް ސަމާލުވުމަށް މެދުކެނޑުމެއްނެތި ފުލުހުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް