އެންސްޕާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޒަކާތު ެފަނޑުގެ އެހީގައި މިއަހަރު ބޯންމެރޯ ހެދުމަށް 10 ކުއްޖަކަށް ވަނީ އެހީ ދީފައެވެ، އެ އެއީ ޖުމްލަ 1،513،821 ރުފިޔާކަމަށް އެންސްޕާއިން ބުނެއެވެ.
މި ސަރުކާރު ވެރިކަމުގެ ފުރަތަމަ އަހަރު 2023 ވަނަ އަހަރު ޒަކާތު ފަންޑުގެ އެހީގައި 5 ކުއްޖަކު ބޯން މެރީ ހަދާފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. އެ ފަސް ކުދިންނަށް ޖުމްލަ 3،851،946.62 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ޖެިގެން އައި 2024 ވަނަ އަހަރު ނުވަ ކުއްޖަކު ބޯންމެރީ ހެދުމަށް ޒަކާތު ފަނޑުން ވަނީ 7،303،110.34 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފައެވެ.
ފުދުންތެރިކަން ނެތް ތެލެސީމިއާ ބަލީގެ 50 ކުދިންނަށް ފަސް އަހަރު ތެރޭގައި ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން އެހީވުމަށް އިސްލާމިކް މިނިސްޓްރީ އާއި އޮފް ހެލްތް މިނިސްޓްރީ އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފއެވެ.
މި އެއްބަސްވުމުގެ ދަށުން މިިދިޔަ އަހަރުން އަހަރުން ފެށިގެން ކޮންމެ އަހަރަކު 10 ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށާއި 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ހަރަދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެކުރިން ރައީސް ޔާމީނާއި ރައީސް ސާލިހް ވެރިކަމަުގައިވެސް ތެލެސީމިޔާ ކުދިންނަށް ދައުލތުގެ ހަރަދުގައި ބޯން މެރޯ ހެދޭނެ އިންތިޒާމު ހަމްޖައްސާދިނެވެ.