ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ދޮންބަންޑާރައިގެން ހަނދާންތައް މިފަސްގަނޑުގައި ދިރިދިރިވޭ: ރައީސް
ދޮންބަނޑާރައިގެން ހަނދާންތައް މިފަސްގަނޑުގައި ދިރިދިރިވޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަ ކުރަމުން އަންނަ ހުރަވީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި މެސެޖުގައި އެވެ. 

ރައީސް ވިދާޅުވީ މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ގައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ގައުމީ ޖިހާދަށް މިއަދަށް 281 އަހަރުވެފައި ވާ ކަމުގަ އެވެ. 

ދޮންބަންޑާރައިންގެ ހިކްމަތާއި، ހުޝިޔާރުކަމާއި، މި ވަތަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީހީ ހާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރިދިރި ވާތީކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. 

ރައީސްގެ މެސެޖުގައިވަނީ ރާއްޖޭގައި ފާހަގަކުރަމުންދާ ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ. އަދި މިނިވަންކަމާއި ފާގަތިކަމުގައި ރާއްޖެ އަބަދުމެ ލެއްވުންއެދި މާތްﷲގެ ހަޒްރަތަށްވަނީ ދުޢަ ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް