ads
އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާގެ 56 ވަނަ އެޑިޝަން ފަށައިފި
އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ (އައިއެފްއެފްއައި) 2025 ގެ 56 ވަނަ އެޑިޝަން، ޕާންޖިމްގައި ރަސްމީކޮށް ފަށައިފިއެވެ.
Advertisement

ކޮންމެ އަހަރަކުވެސް ބާއްވާ މި ފިލްމީ އީދުގެ މިއަހަރުގެ ހަރަކާތްތައް ފެށީ އާންމު އުސޫލުތަކާ ހިލާފަށް، ބޭރުގައި ބޭއްވި ކުލަގަދަ ޕެރޭޑަކުންނެވެ.

މި ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގެ ހަރަކާތްތައް ބޭއްވީ ޕާންޖިމްގެ މަގުތަކުގައެވެ. މި ހަރަކާތުގައި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ބައިވެރިވެ، ޕެރޭޑަށް އިތުރު ގެއް ގެނެސްދިނެވެ. މި ޕެރޭޑުގެ ސަބަބުން މުޅި ސިޓީ ވަނީ ފިލްމީ އަދި ސަގާފީ އުފާވެރިކަމެއްގެ ތެރެއަށް ގޮސްފައެވެ.

އައިއެފްއެފްއައި އަކީ އިންޑިއާގެ ފިލްމީ އިންޑަސްޓްރީ، ހާއްސަކޮށް ބޮލީވުޑްގެ ފަންނުވެރިންނާއި އެ ދާއިރާގެ ފަރާތްތަކަށް ބޮޑު ދޭ ފެސްޓިވަލެކެވެ. މިއަހަރުގެ ފެށުމުގެ ހަރަކާތުންވެސް ބޮލީވުޑްގެ ނުފޫޒު އަދިވެސް ވަރުގަދަ ކަމާއި، އެއީ ސިނަމާ އާއި ސަގާފަތުގެ މުހިއްމު މަރުކަޒެއްކަން ހާމަވެގެން ދިޔައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް