ads
ފުލުހުން: ފޮޓޯ ޓައިމްސް އޮފް އައްޑޫ
ފުލުހުންގެ ހާއްސަ އޮޕަރޭޝަން: 576 ތަނެއް ބަލާ ފާސްކޮށްފި
ގޭންގްތަކާ ދެކޮޅަށް ފުލުހުން ހިންގަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ހަފުތާ ބަންދުގައި އެކަނި ވެސް 500 އަށް ވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
Advertisement

ގޭންގް ކުށްތައް ހުއްޓުވަން ހިންގި މި ހާއްސަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ތަންތަން ފާސްކުރި ނަމަވެސް، މި ކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަންގެ ތަފާސްހިސާބު ދައްކާގޮތުން 48 ގަޑިއިރުގެ ތެރޭގައި 576 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. މީގެ އިތުރުން 30 އުޅަނދެއް ބަލައި ފާސްކުރި އިރު، އޭގެ ތެރެއިން ހަ އުޅަނދެއް ވަނީ ޓޯކޮށްފައެވެ. މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވި އިރު، 912 މިނެޓު ވަންދެން ފުޓް ޕެޓްރޯލްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އުޅަނދުތައް ޓޯކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ގޭންގްތައް ހޯދައި އެކަން ހުއްޓުވުމަށް ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގި އިރު، ގޭންގު ކުށްތަކުގެ ގާނޫނުގައި ބުނާ މިންގަނޑަށް ފެތޭ އެއްވެސް ގޭންގެއް މިހާރު ރާއްޖޭގައި ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ހޯމް މިނިސްޓްރީ އާއި ކަމާ ބެހޭ އިދާރާތަކުގެ މައުލޫމާތަށް ބަލާއިރު، ގޭންގުތަކުގައި ކުރިން އުޅުނު މީހުން މިހާރު ވަނީ އެކަން ހުއްޓާލައި އާންމު ދިރިއުޅުމަކަށް ބަދަލުވެފައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް